އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އެއްވެސް ހުރަހެއް ނެތި "ސިނަމާލެ ބްރިޖު" މަތިން ދަތުރު ކުރެވޭނެ!

އެއްވެސް ހުރަހެއް ނެތި "ސިނަމާލެ ބްރިޖު" މަތިން ދަތުރު ކުރެވޭނެ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 9 ސިކުންތު

ޗައިނާ-މޯލްޑިވްސް ފްރެނ ޑްޝިޕް ބްރިޖު ނުވަތަ ރަސްމީ ނަމުން ނަމަ، "ސިނަމާލެ ބްރިޖު" މާލެ އާއި ހުޅުލެއާއި ދެމެދު މިހަރު ގުޅުވާލެވިފައިވާއިރު، އެބްރިޖު މަތިން އެއްވެސް ހުރަހެއް ނެތި އުޅަނދުތަކަށް ދަތުރު ކުރެވޭނެ ކަމަށްވެއެވެ.

ނޫސްވެރިންނަށާއި ބައެއް އެހެން އިސް ފަރާތްތަކަށް އިއްޔެ ހަވީރު "ސިނަމާލެ ބްރިޖު" ދައްކާލައި، އެބްރިޖު މަތިން ހިނގާލަން ދިޔުމުގެ ފުރުސަތު ދީފައިވާއިރު، ބްރިޖާއި ބެހޭ ގޮތުން އެމަސައްކަތުގައި އުޅޭ އޮފިޝަލަކު ވަނީ ވަރަށް މުހިންމު މައުލޫމާތު ތަކެއް ވެސް ދެއްވާފައެވެ.



އެގޮތުން އޮފިޝަލު ވިދާޅުވި ގޮތުގައި، ސިނަމާލެ ބްރިޖު ހުޅުވުމަށް ފަހު އެއްވެސް ގަޑިއެއްގައި ބަންދެއް ނުކުރާނެއެވެ. މީގެ އިތުރުން އެއްވެސް ހުރަހެއް ނެތި ބްރިޖު މަތިން އުޅަނދުތަކަށް ދަތުރު ކުރެވޭނެ ކަމަށް ވެސް އޮފިޝަލު ވިދާޅުވެފައިވެއެވެ.

އެކަމުގެ ތަފްސީލު ދެއްވަމުން އޮފިޝަލު ވިދާޅުވީ، ބްރިޖު މަތީގައި އެއްވެސް ޗެކިން ޕޮއިންޓެއް ނުވަތަ ފޯލް ސްޓޭޝަނެއް އަދި ސްޕީޑް ބްރޭކަރެއް ވެސް ނެތުމެވެ.

ސްޕީޑް ބްރޭކަރ ނެތްނަމަވެސް ބްރިޖުގައި ދަތުރު ކުރާ ފަރާތްތަކުގެ ސަލާމަތަށް ގިނަ ފިޔަވަޅު ތަކެއް އަޅާނެ ކަމަށް އޮފިޝަލު ވިދާޅުވިއެވެ. އެގޮތުން ކައްސާލުން ފަދަ ކަންކަން ހުއްޓުވުމަށް ރެސިސްޓެންސްތައް ބަހައްޓާނެ ކަމަށާއި ބްރިޖުގެ އަލިގަދަ ކުރަން ގިނަ އަދަދެއްގެ ބޮކި ބަހައްޓާނެ ކަމަށް ވެސް ވިދާޅުވިއެވެ. ކޮންމެ 20 މީޓަރަކުން މަގުބައްތި ބެހެއްޓުމަށް ހަމަޖެހިފައިވާއިރު ޒަމާނީ ފެން ހިންދާ ނިޒާމެއް ވެސް ބްރިޖުގެ ލޭނުތަކުގައި ބަހައްޓާފައިވެއެވެ.

ހުޅުލެއާއި މާލެ އާއި ދެމެދު ބްރިޖު ގުޅުވާލެވިފައިވާއިރު، މިހާރުވެސް މުހިންމު މަސައްކަތްތަކެއް ދަނީ ކުރެވެމުންނެވެ. އެގޮތުން ސިނަމާލެ ބްރިޖުގައި ހަތަރު ލޭނެއް ހަދާ ނިންމުމުގެ މަސައްކަތް މިހާރުވެސް ކުރަމުން ދާއިރު އޭގެ ތެރެއިން ދެ ލޭނެއްގެ ފުޅާ މިނަކީ 3.25 މީޓަރެވެ. އަނެއް ދެ ލޭނުގެ ފުޅާ މިނަކީ 3.5 މީޓަރެވެ.

މިހާރު ކުރަމުންދާ މަސައްކަތުގެ ތެރޭގައި ލޭނުގައި ތާރު އެޅުމުގެ ކުރިން އިތުރު ގްރައުންޑް ސްލަބެއް އެޅުމުގެ މަސައްކަތް ހިމެނެއެވެ. މިއީ ލޭނުގައި ތާރު އެޅުމުގެ ކުރިން ވަރުގަދަ ކުރުމަށް އަޅާ ސްލަބެކެވެ. މިހާރުވެސް ބައެއް ސަރަޙައްދުތަކުގައި ވަނީ ސްލަބު އަޅާ ނިންމާފައެވެ.

ސިނަމާލެ ބްރިޖުގެ ދެ ފަރާތުގައި ވަރަށް ހަނި ދެ ލޭނު ހަދައެވެ. އެއީ ޕޭމަންޓް ވޯކެއް ކަމަށް ވެސް އޮފިޝަލް މައުލޫމާތު ދެއްވާފައިވެއެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މަރިޔަމް ވަހީދާ