އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ބޫޓާން ބަލިކޮށް ބަންގްލަދޭޝް ފުރަތަމެޗު ކާމިޔާބުކޮށްފި

ބޫޓާން ބަލިކޮށް ބަންގްލަދޭޝް ފުރަތަމެޗު ކާމިޔާބުކޮށްފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 0 މިނެޓް, 59 ސިކުންތު

ސާފް ސުޒުކީ ކަޕްގެ ގްރޫޕް އޭގައި ބޫޓާން ބަލިކޮށް ބަންގްލަދޭޝް ފުރަތަމެޗު ކާމިޔާބުކޮށްފިއެވެ.

މި މެޗު ބަންގްލަދޭޝްއިން ކާމިޔާބުކުރީ 0-2 ގެ ނަތީޖާއަކުންނެވެ.

ފުރަތަމަ ލަނޑު 3 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން ޖެހީ ޓީ ބަރްމާންއެވެ. މި ހާފުގައި ލަނޑުޖަހަން ދެޓީމަށްވެސް ވަނީ ފުރުޞަތުލިބި ނާކާމިޔާބުވެފައެވެ.

ފޯރިގަދަ ކުޅުމެއް ދެޓީމުންވެސް ފެނުނު މިމެޗުގެ ދެވަނަ ލަނޑު 47 ވަނަ މިނެޓުގައި ޖެހީ ސުފިލްއެވެ.

މިއަދު ފެށި މި މުބާރާތުގެ ދެވަނަ މެޗުގައި ބޫޓާނުންވެސްވަނީ ބަންގާޅުގެ ގޯލަށް ނުރައްކާކޮށްފައެވެ. ނަމަވެސް މެޗުން މޮޅުވާގޮތް ނުވިއެވެ.

ސާފް ސުޒުކީ ކަޕްގައި ގްރޫޕް އޭގައި ހިމެނެނީ ބަންގްލަދޭޝް، ޕާކިސްތާން، ބޫޓާން އަދި ނޭޕާލެވެ.

މިއިން ކޮންމެ ޓީމެއްވެސް އެއްމެޗު ކުޅެފައިވާ އިރު، މިއަދުގެ މެޗުތައް ކާކިޔާބުކޮށްގެން ޕާކިސްތާނާއި ބަންގްލަދޭޝްއަށް ވަނީ ކޮނެޓީމަކަށް 3 ޕޮއިންޓު ލިބިފައެވެ.

މި މުބާރާތުގައި މާދަމާ ބައްދަލުކުރާނީ ގްރޫޕް ބީގެ އިންޑިއާ އާއި ސްރީލަންކާ އެވެ. މި މެޗު ފަށާނީ ރާއްޖޭގަޑިން އިރުއޮއްސި 18:00ގައެވެ. ގްރޫޕް ބީގައި ދެން ހިމެނެނީ ދިވެހިރާއްޖެއެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މުހައްމަދު އަފްރާޙް