އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ދިވެހި ރައްޔިތުން ރައީސް އަބުދުﷲ ޔާމީނަށް އޯގާތެރިވެ އަޅާލަންޖެހޭ އެއްވެސް ސަބަބެއް ނެތް: އަމީން އިބްރާހިމް

ދިވެހި ރައްޔިތުން ރައީސް އަބުދުﷲ ޔާމީނަށް އޯގާތެރިވެ އަޅާލަންޖެހޭ އެއްވެސް ސަބަބެއް ނެތް: އަމީން އިބްރާހިމް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 24 ސިކުންތު

ދިވެހި ރައްޔިތުން ރައީސް އަބުދުﷲ ޔާމީނަށް އޯގާތެރިވެ އަޅާލަންޖެހޭ އެއްވެސް ސަބަބެއް ނެތްކަމަށް މި ސަރުކާރުގައި ޓްރާސްޕޯޓް މިނިސްޓަރުކަންވެސް ކުރައްވާފައިވާ އަމީން އިބްރާހިމް ވިދާޅުވެއްޖެއެވެ.

އަމީން ކުރައްވާފައިވާ ޓްވިޓެއްގައި މިހެން ވިދާޅުވީ ގާތް ބޭފުޅުންނާއި، އާއިލާގެ ބައެއް ބޭފުޅުން ދެއްވިފަދަ ދެރައެއް ރިޔާސީ އިންތިޚާބުގައި ދިވެހި ރައްޔިތުން ނުދެއްވާނެކަމަށް އުންމީދުކުރައްވާކަމަށް ވިދާޅުވެ ރައީސް ޔާމީން ދެއްކެވި ވާހަކަތަކަށް ރައްދު ދެއްވަމުންނެވެ.

އަމީން ވިދާޅުވީ ''ދިވެހި ރައްޔިތުން ރައީސް އަބުދުﷲ ޔާމީނަށް އޯގާތެރިވެ އަޅާލަންޖެހޭ އެއްވެސް ސަބަބެއް ނެތްކަމަށެވެ. ބޭއިންސާފާއި، އަނިޔާއިން ސަލާމަތްކޮށްދޭތޯ ކިހާ ރައްޔިތުން ކިހާ އާދޭހެއް ކުރިތޯ.؟ އެ ރައްޔިތުންނަށް އެއްވެސް ރަހުމެއް ކުލުނެއް ބެހެއްޓިންތޯ.؟ ރައްޔިތުންނަށް ތިހެން ހެދީ ރައްޔިތުން ކުޅަދުހަމަނުވާތީތޯ.؟'' ކަމަށެވެ.





Advertisement

ކޮމެންޓް ކުރެއްވުމަށް








މޫސާ ވަހީދު