އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ކޮރޯނާ ވައިރަހަށް ރާއްޖެ ވަނީ ތައްޔާރުވެފައި: ހެލްތް މިނިސްޓަރ

ކޮރޯނާ ވައިރަހަށް ރާއްޖެ ވަނީ ތައްޔާރުވެފައި: ހެލްތް މިނިސްޓަރ


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 44 ސިކުންތު

ނުރައްކާތެރި ކޮރޯނާ ވައިރަސްއަށް ރާއްޖެ ތައްޔާރުވެފައިވާ ކަމަށް ހެލްތް މިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވެއްޖެއެވެ.

ކޮރޯނާ ވައިރަހާ ގުޅިގެން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެކުލަވާލެއްވި ހެލްތު އިމަޖެންސީ ކޯޑިނޭޝަން ކޮމިޓީން މިރޭ ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރު އަމީން ވިދާޅުވީ ކޮރޯނާ ވައިރަސް ފެތުރިއްޖެ ހާލަތަކަށް ވެސް މިހާރު އޮތީ ތައްޔާރުވެެގެން ކަމަށާއި ސަރުކާރުގެ އެންމެ އިސްކަމަކީ މިހާރު މި ބަލިން ރައްކާތެރިވުމުގެ ގޮތުން އަޅަން ޖެހޭ ފިޔަވަޅުތައް އެޅުން ކަމަށެވެ. އަދި މިބަލީގެ މައުލޫމަތު ދިނުމަށް އިތުރުކުރަން މިއަދު ފަށާފައިވާ ކަމަށް މިނިސްޓަރު އަމީން ވިދާޅުވި އެވެ.

މިނިސްޓަރު އަމީން ވިދާޅުވީ ރާއްޖެއިން މިހާތަނަށް އެއްވެސް މީހަކަށް ޝައްކު ކުރެވިފައި ނުވާކަމަށާއި މިބައްޔަށް ތައްޔާރުވުމުގެ ގޮތުން ރާއްޖޭގެ އެއާޕޯޓުތަކުގައި ސްކްރީން ކުރަން މިހާރު ފެށިފައިވާ ކަމަށެވެ. އަދި ބަލީގެ އަލާމާތްތައް ފެނިއްޖެ ނަމަ، އަމަލުކުރާނެ ގޮތުގެ އުސޫލުތައް ތައްޔާރުކޮށް ކަމާގުޅުން ހުރި ތަމްރީން ދިނުމުގެ މަސައްކަތްވެސް ކުރަމުންދާ ކަމަށެވެ.

ހެލްތު އިމަޖެންސީ ކޯޑިނޭޝަން ކޮމިޓީގައި ހިމެނިވަޑައިގަންނަވާ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ ކޮރޯނާ ވައިރަސްއާ ބެހޭ ގޮތުން އެއްވެސް ކަމެއް ސަރުކާރުން ސިއްރެއް ނުކުރާނެ ކަމަށާއި ސަރުކާރުން އިސް ކުރާނީ ރައްޔިތުން ކަމަށެވެ. 

ޗައިނާ ފަތުރުވެރިން ރާއްޖެ އައުން މަނާ ކުރުމަށް ބައެއްފަރާތްތަކުން ގޮވާލަމުންދާތީ މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ އެ ނިންމުން ނިންމަންޖެހޭ ހާލަތެއް އަދި ނާންނަ ކަމަށާއި ނަމަވެސް އެ ނިންމުން ނިންމަން ޖެހޭ ވަގުތު ޖެހުމުން އެނިންމުންވެސް ނިންމަވާނެ ކަމަށެވެ.

ރާއްޖޭގެ ޓޫރިޒަމް ސިނާއަތުގެ އިސްވެރިންނާ ރައީސް ސޯލިހް މާދަމާ ބައްދަލު ކުރައްވަން ހަމަޖެހިފައިވާކަމަށް މައުލޫމާތުވަނީ ލިބިފައެވެ.

 

Advertisement

ކޮމެންޓް ކުރެއްވުމަށް








މޫސާ ވަހީދު