އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

މިނިސްޓްރީގެ ދަށުގައި ހުރި ރަށްރަށުން ތަކެތި ގެންނަން ފެށުމުން އަގަށް ބަދަލު އަންނާނެ: ފިޝަރީޒް މިނިސްޓަރ

މިނިސްޓްރީގެ ދަށުގައި ހުރި ރަށްރަށުން ތަކެތި ގެންނަން ފެށުމުން އަގަށް ބަދަލު އަންނާނެ: ފިޝަރީޒް މިނިސްޓަރ


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 7 ސިކުންތު

މިނިސްޓްރީގެ ދަށުގައި ހުރި ރަށްރަށުން ތަކެތި ގެންނަން ފެށުމުން އަގަށް ބަދަލު އަންނާނެކަމަށް ފިޝަރީޒް މިނިސްޓަރ ޑރ. މުޙައްމަދު ޝައިނީ ވިދާޅުވެއްޖެއެވެ.

ކޮންމެ އަހަރެއްގެވެސް ރަމަޟާން މަހު ކާބޯތަކެތީގެ ބައެއް ބާވަތްތަކުން އަގު އުފުލެމުން އަންނަ އިރު، މިނިސްޓަރ ވިދާޅުވީ އެގްރިކަލް މިނިސްޓްރީގެ ދަށުގައި ހުރި ފަޅުރަށްރަށުން ރޯދަމަހު ކާއްޓާއިކުރުނބާ ގެންނަން ޢާންމުކޮށް ހުޅުވާލުމުން ކުރިމަތިލީ މީހުންނަށް ފުރުޞަތުދީފައިވާ ކަމަށެވެ.

ޑރ. ޝައިނީވިދާޅުވީ މިނިސްޓްރީގެ ދަށުގައި ހުރި ފަޅުރަށްރަށުން އެ އެއްޗެހި ގެންނަންހުޅުވާލުމުން ޝައުގުވެރިކަން ފާޅުކޮށް 26 ފަރާތަކުން ކުރިމަތިލާފައިވާ ކަމަށާއި އޭގެ ތެރެއިން ދެ ފަރާތަކަށް ހުއްދަ ދީފައިވާ ކަމަށެވެ.

ޝައިނީ ވިދާޅުވީ އެރަށްރަށުން އެ އެއްޗެހި ގެންނަ މީހުންނަށް ހުއްދަދެނީ ވިއްކަން ޖެހޭނެ އަގެއް މިނިސްޓްރީން ހަމަޖެއްސުމަށް ފަހު ކަމަށާއި އެގޮތުން ކާއްޓެއް 7 ރުފިޔާއަށް އަދި ކުރުނބައެއް 12 ރުފިޔާ އަށްވިއްކަން ޝަރުތުކުރާ ކަމަށެވެ.

ރަމަޟާން މަހާ ދިމާކޮށް ކާށީގެ އަގު އުފުލި މިހާރު އުޅެނީ 10-50ރ އާދެމެދުގައެވެ. މާލެ އިން ކުރުނބާ ވިއްކަން ހުރީ 15ރ. އިން މަތީގެއަގުތަކުގަ އެވެ.

މިނިސްޓްރީން ވަނީ ރަމަޟާން މަހާ ދިމާކޮށްދަނޑުވެރިންގެ އުފެއްދުންތަކަށް ޚާއްޞަ މާރުކޭޓެއް ޓީ ޖެޓީ ސަރަހައްދުގައިޤާއިމުކޮށްފައިވާ އިރު، އެ ގޮޅިތައް ދެނީ އަގަކާ ނުލައެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް







Gabey 2017-05-27 18:36:35

Only at Shainy's house you get these at a cheap price


މުހައްމަދު އަފްރާޙް