އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

މިދާވަރުން ދަންޏާ ބައެއް ތަކެތީގެ އަގު ބޮޑުވުން އެކަށީގެންވޭ: ވިޔަފާރިވެރިން

މިދާވަރުން ދަންޏާ ބައެއް ތަކެތީގެ އަގު ބޮޑުވުން އެކަށީގެންވޭ: ވިޔަފާރިވެރިން


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 32 ސިކުންތު

މިދާވަރުން ދަންޏާ ބައެއް ތަކެތީގެ އަގު ބޮޑުވުން އެކަށީގެންވާ ކަމަށް ލޯކަލް މާރުކޭޓުގެ ބައެއް ވިޔަފާރިވެރިން ބުނެފިއެވެ.

މިއަދުނޫހާއި ވާހަކަ ދެއްކި ބައެއް ވިޔަފާރިވެރިން ބުނީ ރަމަޟާން މަހާއިދިމާކޮށް ކާބޯތަކެތީގެ އަގު ބޮޑުވަނީ އެކަށީގެންވާވަރަށް ތަކެތި ނުލިބޭތީ ކަމަށެވެ. އަދި ލިބޭ ތަކެތި ލިބެނީވެސް އަގުބޮޑުކޮށް ކަމަށެވެ.

"ރޯދަމަހާއި ދިމާކޮށް ތަކެތި ލިބުން ވަރަށް ދަތިވޭ ކޮންމެ އަހަރަކުވެސް. ދެން ލިބޭ އެއްޗެއްވެސް މިލިބެނީ ވަރަށް އަގުބޮޑުކޮށް. އެހެންވީމަ އަހަރުމެންނަށްވެސް އެއްޗެއް އޮންނަގޮތަށްދޯ ވިއްކޭނީ. ވިޔަފާރިވެސް ކުރެވޭނީ ފައިދާއެއްވެސް ލިބިގެންދޯ" ލޯކަލް މާރުކޭޓުގެ ވިޔަފާރިވެރިއަކު ބުންޏެވެ.

އިތުރު މީހަކު ބުނީ "މިދުވަސްވަރު މޫސުން ގޯސްވުމަކީ" ވެސް ތަކެތީގެ އަގުބޮޑުވާން ދިމާވި ސަބަބެއް ކަމަށެވެ. އަދި ރޯދަމަހަށް ކޮންމެހެން ބޭނުންވާ ތަކެތީގެ ތެރޭގައި ހިމެނޭ ފަތްޕިލާވެލީގެ ބާވަތްތައް ލިބުން ދަތިކަންވެސް ފާހަގަ ކުރެވެއެވެ.

އެގޮތުން ލޯކަލް މާރުކޭޓުގައި ކުއްޅަފިލާ ފަތާއި ލެޓިއުސް މިވަގުތު ހުރީ ވަރަށް މަދުންނެވެ. އަގިތައް އުޅެނީ ކުއްޅަފިލާފަތް ބޮނޑިއެއް 10 ރުފިޔާއަށް ހުރި އިރު، ލެޓިއުސް އުޅެނީ 30 ރުފިޔާއަށް 60 ރުފިޔާއަށެވެ.

ބާޒާރުގައި ހުރި އެހެނިހެން ތަކެއްޗަށް ބަލާއިރު، ކަރާ ކިލޯއެއް ހުރީ 18 ރުފިޔާ އަށެވެ. ދޮންކެޔޮ ވަކެއް 5 ރުފިޔާ އާއި 10 ރުފިޔާ އާދެމެދުގެ އަގުތަކެއްގައި ހުރި އިރު، ތޮޅި މިރުސް ކިލޯއެއް ހުރީ 500 ރުފިޔާ އާއި 800 ރުފިޔާ އާދެމެދުގެ އަގުތަކެއްގައެވެ. އަދި 100 ގްރާމް މިރުސް 60 ރުފިޔާ އާއި 80 ރުފިޔާ އާދެމެދުގެ އަގެއްގައެވެ.

ރޯމަސް މާރުކޭޓަށް ބަލާލާއިރު، ރަތްމަހެއް 100 ރުފިޔާ އާއި 700 ރުފުޔާ އާދެމެދުގެ އަގުތަކެއްގައި ހުރި އިރު، މާނިޔާމަހެއްގެ އަގު ހުރީ 150 އަދި 200 ރުފިޔާއަށެވެ. ކަންނެލި ކިލޯއެއް 80 ރުފިޔާއަށް، ލައްޓީ ކިލޯއެއްގެ އަގު އުޅެނީ 40 ރުފިޔާ އަދި 50 ރުފިޔާއަށެވެ.



Advertisement

ކޮމެންޓް ކުރެއްވުމަށް








މުހައްމަދު އަފްރާޚް