އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

މިއަދުގެ ރެސިޕީ: ނޯ-ބޭކް ޗޮކޮލެޓް އެކްލެއާރސް ކޭކް

މިއަދުގެ ރެސިޕީ: ނޯ-ބޭކް ޗޮކޮލެޓް އެކްލެއާރސް ކޭކް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 7 ސިކުންތު


ބޭނުންވާނެ ތަކެތި:
ފިލިފިންގ ހެދުމަށް:

• ދޮޅު ޖޯޑު ވިޕިންގ ކްރީމް

• 2 ފޮށި އިންސްޓެންޓް ވެނިއްލާ ޕުޑިންގ

• 3 ޖޯޑު ކިރު (ޕެކެޓު ކޮށްފަ ހުންނަ ފުލް ކްރީމް މިލްކް)

• 1 ފޮށި ކްރޭކާސް (ކްރީމް ކްރޭކަރ ބިސްކޯދު ފޮށީގެ ބޮޑު އެއް ފޮށި ވެސް ރަނގަޅުވާނެ)
ޓޮޕިންގ ހެދުމަށް:


• 3/1 ޖޯޑު ކޮކޯ ޕައުޑަރ

• 1 ޖޯޑު ހަކުރު

• 4/1 ޖޯޑު ކިރު (ޕެކެޓު ކޮށްފަ ހުންނަ ފުލް ކްރީމް މިލްކް)

• 2/1 ޖޯޑު އަންސޯލްޓެޑް ބަޓަރ

• 1 ސައިސަމުސާ ވެނިލާ އެސެންސް

ތައްޔާރު ކުރާނެ ގޮތް:

އެންމެ ފުރަތަމަ ނުވަ އިންޗި 13 އިންޗި ޓްރޭ އެއްގައި ކްރޭކަރތައް ފަތުރާލާށެވެ. ފަތުރާލަންވާނީ ޓްރޭގެ ފޫ އެއްކޮށް ފުރާލެވޭ ވަރަށެވެ.
އެއަށްފަހު އެހެން ބޯތައްޓަކަށް ވިޕިންގ ކްރީމް އެޅުމަށްފަހު މެދުމިނުގެ ސްޕީޑެއްގައި ހަތަރު މިނެޓު ވަންދެން، ވިޕްޑް ކްރީމަށް ވަންދެން ގަށާލާށެވެ.

ދެން އެއަށްފަހު އެއަށްވުރެ ބޮޑު ބޯތައްޓެއްގެ ތެރެއަށް ތިން ޖޯޑު ކިރާއި ދެ ފޮށި ވެނީލާ ޕުޑިންގ އަޅާފައި، މެދުމިނުގެ ސްޕީޑެއްގައި، ދެ މިނެޓު ވަންދެން ގަށާލާށެވެ.
އެއްކޮށް ގެށުމުން ޕުޑިންގކޮޅު ތެރެއަށް ކުރިން ގަށާލި ވިޕްޑް ކްރީމްކޮޅު އަޅާ އޮލަވަންދެން އެއްކޮށްލާށެވެ.

ދެން ޓްރޭގެ ތެރޭގައި ފަތުރާލާފައި ހުރި ކްރޭކަރސްތަކުގެ މައްޗަށް ޕުޑިންގ މިކްސްޗަރ ކޮޅުގެ އެއްބައި އަޅާލާށެވެ. އަދި ސްޕެޓިއުލާއަކުން ރީތިކޮށް ކްރޭކާރސްތައް މަތީގައި ފަތުރާލާށެވެ.

އޭގެފަހުން އަނެއްކާވެސް ކްރޭކާރސްތައް ޕުޑިންގ މިކްސްޗަރ މަތީގައި ފަތުރާލުމަށްފަހު، އޭގެ މަތީގައި ޕުޑިންގ މިކްސްޗަރ ފަތުރާލާށެވެ. އަދި އޭގެ މަތީގައި އަދި އެއްފަހަރު ކްރޭކާރސް ފަތުރާލާށެވެ.
ޓޮޕިންގ ތައްޔާރު ކުރުމަށް، ކުޑަ ތެއްޔެއްގައި ކޮކޯ ޕައުޑަރާއި ކިރުފޮދު ގިރަމުން ކައްކާލާށެވެ. އެއް މިނެޓު ވަންދެން ކެއްކުމަށްފަހު އުނދުންމަތިން ތެލިބާލާ، ހިހޫ ވަންދެން ބަހައްޓާށެވެ. އެހެން ބަހައްޓާއިރުވެސް ހުންނަންވާނީ ގިރާލަ ގިރާލައެވެ.

އެއަށްފަހު އޭގެ ތެރެއަށް ބަޓަރ އާއި ވެނީލާ އެސެންސް އަޅާށެވެ. ބަޓަރުކޮޅު އެއްކޮށް ގިރި، އޮލަވެ ޗޮކޮލެޓަށް ވަންދެން ގިރާލާށެވެ.
އެއަށްފަހު، ކުރިން ތައްޔާރު ކޮށްފައި ހުރި ޕުޑިންގ ކްރޭކާރސްތަކުގެ މައްޗަށް ޗޮކުލެޓުކޮޅު އޮއްސާލާށެވެ. މަތި އެއްކޮށް ފޮރުވާލަން ވާނެއެވެ.
ގާތްގަނޑަކަށް ހަ ގަޑީރުވަރު ވަންދެން ރެފްރިޖެރޭޓަރު ތެރެއަށްލާފައި ނަގާށެވެ.


Advertisement

ކޮމެންޓް ކުރެއްވުމަށް








މަރިޔަމް ވަހީދާ