އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

މިއަދުގެ ރެސިޕީ: ޗީޒް ކަޓްލަސް

މިއަދުގެ ރެސިޕީ: ޗީޒް ކަޓްލަސް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 16 ސިކުންތު


ބޭނުންވާ ތަކެތި:

6 އަލުވި (ފެނު ކައްކާފައި)

1 ޖޯޑު ކެބެޖު (ކުދިކޮށް ކޮށާފައި)

300ގ ޗީޒް (ގާނާފައި)

3 ފޮތި ޕާން

1 ގިތެޔޮ މިރުސް

3 ސައިސަމުސާ ފުށް

1 ބޮޑު ފިޔާ (ކުދިކޮށް ކޮށާފައި)

½ ޖޯޑު ފެން

ތެޔޮ ފޮދެއް (ތެލުލުމަށް)

1 ދަޅުމަސް

1 ޖޯޑު ފާރޮށިކުނޑި

1 ލޮނުމެދު

2 ކޯޅި ހިކަނދިފަތް (ކުދިކޮށް ކޮށާފައި)

ލޮނު (ރަހަލާ ވަރަށް)

ތައްޔާރު ކުރާނެ ގޮތް:

ފުރަތަމަ ޕާން ފޮތިތަކުގެ މައްޗަށް ފެންފޮދެއް އަޅާ ފޯކޮށްލާށެވެ. ދެން ތަވާ އުނދުން މައްޗަށް ލާފައި ތެޔޮ ފޮދެއް އަޅާށެވެ. އެއަށްފަހު ތެޔޮގަނޑު ހޫނުވީމާ، ފިޔާ، ހިކަނދިފަތް، ލޮނުމެދު އަދި މިރުސް އެއްކޮށްލާށެވެ. ރަނގަޅަށް ފިޔާކޮޅު މީރުވުމުން ތަވާ އުނދުންމަތިން ނަގާ، ފިޔާކޮޅު ހިހޫ ކޮށްލާށެވެ.
ފިޔާކޮޅު ހިހޫ ވުމުން އޭގެ ތެރެއަށް ފޯކުރި ޕާންފޮތިތަކާއި (ފެންފެލާލާފައި)، އަލުއްވާއި، ކެބެޖާއި، މަހާއި، ޗީޒް، އަދި ލޮނާއި އަސޭމިރުސް އަޅާފައި ރަނގަޅަށް މޮޑެލާށެވެ. އަދި ގުޅަޖަހާށެވެ.

ދެން ފުއްކޮޅު ބައިޖޯޑު ފެނުގައި ގިރުމަށްފަހު ކުރިން ހެދި މަސްގުޅަތައް އޭގެ ތެރެއަށް ލާށެވެ. އެއަށްފަހު ފުއްހޭކި ގުޅަތަކުގައި ފާރޮށިކުނޑި ހޭކުމަށްފަހު ތެލުލާށެވެ.
*މަސްދަރު: ހާޝިމްގެ ސުފުރާ

Advertisement

ކޮމެންޓް ކުރެއްވުމަށް








މަރިޔަމް ވަހީދާ