އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

މިއަދުގެ ރެސިޕީ: އެންމެ މީރު

މިއަދުގެ ރެސިޕީ: އެންމެ މީރު


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 6 ސިކުންތު

ބޭނުންވާނެ ތަކެތި:

1 ފޮށި ޓްރިޕްލް ޗޮކޮލެޓް ފަޖް ކޭކް މިކްސް
1 ފޮށި އިންސްޓަންޓް ޗޮކޮލެޓް ޕުޑިންގ އެންޑް ޕައި ފިލިންގ މިކްސް
4 ޖޯޑު ކިރު (ޕެކެޓުގައި ހުންނަ ފުލް ކްރީމް މިލްކް)
½ ޖޯޑު ތެޔޮ (ވެޖިޓަބަލް އޮއިލް)
1 ކޮތަޅު ޗޮކޮލެޓް ޗިޕްސް
3 ބިސް
ތައްޔާރު ކުރާނެ ގޮތް:

ބޯތައްޓަކަށް ޓްރިޕަލް ޗޮކޮލެޓް ފަޖް ކޭކް މިކްސް އާއި ¼ 1 ޖޯޑު ކިރު، ½ ޖޯޑު ތެޔޮ އަދި ތިން ބިސް އެޅުމަށްފަހު ރަނގަޅަށް އޮލަވަންދެން ގިރާލާށެވެ. އެއްކޮށް އޮލަވުމުން، ތަތްނުލަވާ ތެއްޔަކަށް ޗޮކޮލެޓްކޮޅު އޮއްސާލާށެވެ.

އެއަށްފަހު އަނެއްކާވެސް އެހެން ބޯތައްޓަކަށް އިންސްޓެންޓް ޗޮކޮލެޓް ޕުޑިންގ އެންޑް ޕައި ފިލިންގ އާއި ދެ ޖޯޑު ކިރު އެޅުމަށްފަހު ރަނގަޅަށް އޮލަވަންދެން ގިރާލާށެވެ.

ދެން ޕުޑިންދް މިކްސް، ކުރިން ޗޮކޮލެޓްކޮޅު އަޅާފައި ހުރި ތެއްޔަށް (ޗޮކޮލެޓްކޮޅުގެ މައްޗަށް) އޮއްސާލާށެވެ.
ދެން އޭގެ މައްޗަށް ޗޮކޮލެޓް ޗިޕްސްކޮޅު އެއްކޮށް އެޅުމަށްފަހު ވަރަށް މަޑު ގިނީގައި، ދެ ގަޑީރާއި ބައި ނުވަތަ ތިން ގަޑީރު ވަންދެން، ކައްކާލާށެވެ.
އެވަގުތު ހަމަވުމުން، ކާލަން އެންމެ މީރު ލާވާކޭކު ހުންނާނީ ތައްޔާރުވެ ނިމިފައެވެ.


Advertisement

ކޮމެންޓް ކުރެއްވުމަށް








މަރިޔަމް ވަހީދާ