އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އެކްސް ފުޓްސަލް ޗެލެންޖުގެ ފައިނަލަށް އެފްސީ ފްރެންޑްސް އާއި ސްކޯޕިއަން ރިޓަރންސް ހިނގައްޖެ

އެކްސް ފުޓްސަލް ޗެލެންޖުގެ ފައިނަލަށް އެފްސީ ފްރެންޑްސް އާއި ސްކޯޕިއަން ރިޓަރންސް ހިނގައްޖެ


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 49 ސިކުންތު

ޅ. ހިންނަވަރު އެކްސް ބޯއީސް އިން އިންތިޒާމުކޮށްގެން ބާއްވާ އެކްސް ފުޓްސަލް ޗެލެންޖު 2017 ގެ ފައިނަލަށް އެފްސީ ފްރެންޑްސް އާއި ސްކޯޕިއަން ރިޓަރންސް ހިނގައްޖެއެވެ.

މި ދެޓީމު ފައިނަލުން ޖާގަހޯދީ ރޭ ކުޅުނު ސެމީގެ ދެމެޗު ކާމިޔާބުކޮށްގެންނެވެ.

ސެމީގެ ފުރަތަމަ މެޗުގައި އެފްސީ ފްރެންޑްސް އާއި ލަންޑަން އެފްސީ ބައްދަލުކުރި މެޗު ފޯރިގަދަ ކުޅުމަކަށްފައހު 3 ލަނޑު 2 ލަނޑުން ކާމިޔާބުކުރީ އެފްސީ ފްރެންޑްސްއެވެ.

މި މެޗުގައި އެފްސީ ފްރެންޑްސްގެ ލަނޑުތައް ޖަހައިދިނީ އަޙްމަދު އަނީޒް 2 ގޯލު އަދި މުޙައްމަދު މަޢުރޫފް 1 ގޯލެވެ. ލަންޑަން އެފްސީގެ 2 ގޯލުވެސް ޖަހައިދިނީ މުޙައްމަދު އަވީންއެވެ. މި މެޗުގެ މޭން އޮފް ދަ މެޗުގެ މަޤާމަށް ހޮވިފައިވަނީ އެފްސީ ފްރެންޑްސްގެ މުޙައްމަދު މަޢުރޫފްއެވެ.

ސެމީގެ ދެވަނަ މެޗަކީވެސް ފޯރިގަދަ އަދި ބަލާހިތްވާ ކުޅުމެއް ފެނިގެންދިޔަ މެޗެކެވެ. ސްކޯޕިއަން ރިޓަރންސް އާއި އެފްސީ ބޮމްބާރޑް ބައްދަލުކުރި މި މެޗުވެސް 3 ލަނޑު 2 ލަނޑުން ކާމިޔާބުކުރީ ސްކޯޕިއަން ރިޓަރންސްއެވެ.

ސްކޯޕިއަން ރިޓަރންސްގެ ލަނޑުތައް ޖަހައިދިނީ އަމާނީ ޢަބްދުﷲ 2 ގޯލު އަދި މުޙައްމަދު ޢައްފާން 1 ގޯލެވެ. އެފްސީ ބޮމްބާރޑުގެ 2 ލަނޑުގެ ތެރެއިން 1 ލަނޑު އިބްރާހިމް ޙަސަން ޖަހައިދިން އިރު، އަނެއް ގޯލަކީ ސްކޯޕިއަން ރިޓަރންސްގެ ކުޅުންތެރިއެއްގެ އަތުން ބައިކޮޅަށް ވަން ގޯލެކެވެ. މި މެޗުގެ މޭން އޮފް ދަ މެޗުގެ މަޤާމަށް ހޮވުނީ ސްކޯޕިއަން ރިޓަރންސްގެ ޙުސައިން ޙާފިޒްއެވެ.

މި މުބާރާތުގެ ފައިނަލް މެޗު އޮންނާނީ މާދަމާރޭ 22:00ގައި ހިންނަވަރު ފުޓްސަލް ދަނޑުގައެވެ.

މި އަހަރުގެ މުބާރާތުގެ މެއިން ސްޕޮންސަރއަކަށް ޖޭއެފްއެމް ލިމިޓެޑް (އެކްޕެޓްރިއޭޓްސް) ހަމަޖައްސާފައިވާ އިރު، އޮފިޝަލް ބެވެރޭޖް ޕާޓނަރއަކީ ކޮކަކޯލާ ކޮމްޕެނީއެވެ. ކޯ ސްޕޮންސަރުންގެ ތެރޭގައި ހިމެނެނީ ސެޓްލިންކް، ކޮމަންޑޫ ރިސޯޓް، އެކްސް-ޕެކްޓް، ހިންނަވަރު ޒުމްބާ ފިޓްނެސް، އާން ލައުންޗު، ސިޓީވޭ، ބީޗް ކްރޫޒަރ އެމްވީ، އެޗްއޯއެސް، ޖޮއިން އަސް ރެސްޓޯރެންޓް، މޯލްޑިވިއަން، ޔައްކި ޓޯރީއެވެ.

އޮންލައިން މީޑިއާ ޕާޓްނަރއަކަށް މިއަދުނޫސް ހަމަޖައްސާފައިވާ އިރު، މީޑިއާ ޕާޓްނަރއަކަށް ހަމަޖައްސާފައިވަނީ ވީ މީޑިއާގެ ވީ ސްޕޯޓްސްއެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މުހައްމަދު އަފްރާޙް