އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އެކްސް ފުޓްސަލް ޗެލެންޖު: ގަދަހިފުމަކަށްފަހު، ޗެމްޕިއަންކަން ސްކޯޕިއަން ރިޓަރންސްއަށް..

އެކްސް ފުޓްސަލް ޗެލެންޖު: ގަދަހިފުމަކަށްފަހު، ޗެމްޕިއަންކަން ސްކޯޕިއަން ރިޓަރންސްއަށް..


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 15 ސިކުންތު

ޅ. ހިންނަވަރުގައި ބޭއްވި އެކްސް ފުޓްސަލް ޗެލެންޖު 2017 ގެ ޗެމްޕިއަންކަން ސްކޯޕިއަން ރިޓަރންސް ހޯދައިފިއެވެ.

ރަމަޟާން މަހަށް ޚާއްޞަކޮށްގެން ބޭއްވި މި މުބާރާތުގެ ޗެމްޕިއަންކަން އެޓީމުން ހޯދީ ފައިނަލުގައި އެފްސީ ފްރެންޑްސް އާއިބައްދަލުކުރި މެޗުގެ ފުރިހަމަ ވަގުތު ހަމަވި އިރު، 2-2 ލަނޑުން އެއްވަރުވެފައި އޮތުމުން ނަތީޖާނެރުމަށް ޖެހި ޕެނަލްޓީ ޝޫޓްއައުޓުގައި 5-4 ލަނޑުން ކުރި ހޯދައިގެންނެވެ.

މި މެޗުގައި ސްކޯޕިއަން ރިޓަރންސްގެ ލަނޑުތައް ހުސެއިން މުހައްމަދާއި އަމާނީ ހަސަން ކާމިޔާބުކޮށްދިން އިރު، އެފްސީ ފްރެންޑްސްގެ ލަނޑުތައް ކާމިޔާބުކޮށްދިނީ އަޙްމަދު ޢަބްދުލްރަޙްމާނާއި އަޙްމަދު އަނީސެވެ.

ނަތީޖާ ނެރުމަށް ޖެހި ޕެނަލްޓީ ޝޫޓްއައުޓުގައި ސްކޯޕިއަން ރިޓަރންސް އިން ވަނީ 3 ޕެނަލްޓީ ކާމިޔާބުކޮށްފައެވެ. އެފްސީ ފްރެންޑްސްއަށް ކާމިޔާބުކުރެވުނީ 2 ޕެނަލްޓީއެވެ.

ފައިނަލް މެޗުގެ މޮޅު ކުޅުންތެރިޔާގެ މަޤާމު ސްކޯޕިއަން ރިޓަރންސްގެ ޙުސައިން މުޙައްމަދު ހޯދި އިރު، މުބާރާތުގެ އެންމެ މޮޅު ޒުވާން ކުޅުންތެރިއަކަށް ހޮވުނީ އެފްސީ ބޮމްބާރޑްގެ މުހައްމަދު ހުމައިޝެވެ.

މުބާރާތުގެ ގަދަ 5 ކުޅުންތެރިންނަށް ހޮވުނީ ސްކޯޕިއަން ރިޓަރންސްގެ ހުސެއިން ހާފިޒާއި ހުސެއިން މުހައްމަދާއި އެފްސީ ފްރެންޑްސްގެ މުހައްމަދު މައުރޫފް ހުސެއިނާއި ލަންޑަން އެފްސީގެ އަހުމަދު އަވީނާއި އެފްސީ ބޮމްބާޑުގެ އިބްރާހީމް އަހުސަނެވެ.

މުބާރާތުގެ ފެއާރ ޕްލޭ ޓީމަކީ ލަންޑަން އެފްސީ އެވެ.

ފައިނަލް މެޗު ޝަރަފްވެރިކޮށްދެއްވީ ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބަށް ކުޅެމުން އަންނަ ދިވެހި ޤައުމީ ޓީމުގެ ޑިފެންޑަރ އަހްމަދު ޢަބްދުﷲ (ލިލީ) އެވެ.

އެކްސް ބޯއީސްއިން އިންތިޒާމުކޮށްގެން ބޭއްވި މިއަހަރުގެ މުބާރާތުގައި ބައިވެރިވެފައިވަނީ އެފްސީ ބޮމްބާޑާއި ރިވަރސައިޑާއި ޒޮމްބީސް އާއި ބޮމްބާރޑް ޖޫނިއަރސް އާއި ހިންނަވަރު ޕޮލިހާއި އަޔަން ބޯއީޒް އާއި ޓޯރާބޯރާ އާއި ސްކޯޕިއަން ރިޓަރންސް އާއި އެފްސީ ފްރެންޑްސް އާއި ލަންޑަން އެފްސީ އަދި ޓީމް ފަސްގަނޑެވެ.

މިއީ މި މުބާރާތް ހިންނަވަރުގައި ބޭއްވި ދެވަނަ ފަހަރެވެ. އެކްސް ބޯއީސް އިން ބުނީ އަންނަ އަހަރުގެ މުބާރާތް މިއަށްވުރެ ފޯރިގަދަވާނެކަމަށް އުއްމީދުކުރާ ކަމަށެވެ.

މިއަހަރުގެ މުބާރާތުގެ މެއިން ސްޕޮންސަރއަކަށް ޖޭއެފްއެމް ލިމިޓެޑް (އެކްޕެޓްރިއޭޓްސް) ހަމަޖައްސާފައިވާ އިރު، އޮފިޝަލް ބެވެރޭޖް ޕާޓނަރއަކީ ކޮކަކޯލާ ކޮމްޕެނީއެވެ.

ކޯ ސްޕޮންސަރުންގެ ތެރޭގައި ހިމެނެނީ ސެޓްލިންކް، ކޮމަންޑޫ ރިސޯޓް، އެކްސް-ޕެކްޓް، ހިންނަވަރު ޒުމްބާ ފިޓްނެސް، އާން ލައުންޗު، ސިޓީވޭ، ބީޗް ކްރޫޒަރ އެމްވީ، އެޗްއޯއެސް، ޖޮއިން އަސް ރެސްޓޯރެންޓް، މޯލްޑިވިއަން، ޔައްކި ޓޯރީއެވެ.

އޮންލައިން މީޑިއާ ޕާޓްނަރއަކަށް މިއަދުނޫސް ހަމަޖައްސާފައިވާ އިރު، މީޑިއާ ޕާޓްނަރއަކަށް ހަމަޖައްސާފައިވަނީ ވީ މީޑިއާގެ ވީ ސްޕޯޓްސްއެވެ.


Advertisement

ކޮމެންޓް ކުރެއްވުމަށް








މުހައްމަދު އަފްރާޙް