ފުވައްމުލަކު ސިޓީގެ ދަނޑިމަގު އަވަށުން އިސްނަގައިގެން، މިއަހަރުގެ ފިޠުރު ޢީދު ދުވަސް ވަރަށް ފޯރިގަދަކޮށް ފާހަގަ ކޮށްފައެވެ.
"މިއަދު ނޫހަށް" މަޢުލޫމާތު ދެއްވަމުން އެހަރަކާތްތަކުގައޮ އެންމެ އިސްކޮށް އުޅުނު އަޙުމަދު ނަޖާޙް އިބްރާހިމް ވިދާޅުވީ ދަނޑިމަގު އަވަށަކީ ޒަމާނުއްސުރެ ފުވައްމުލަކުގައި އެންމެ ކުލަ ގަދަަަަކޮށް ޢީދު ފާހަގަ ކުރާ އަވަށް ކަމަށާއި މިއަދު ފެށުނު މިހަރަކާއިތަކަކީ އެއަވަށުގެ ޒުވާނުންގެ އިސްނެގުމުގެ މަތިން ބޭއްވޭ ހަރަކާތްތަކެއް ކަމަށެވެ.
އެގޮތުން މިއަދު ޢީދު ނަމާދަށްފަހު ނެރެގަނޑު ސަރަޙައްދުގައި ރަށުގެ ހުރިހާ ރައްޔިތުންނަށް ހެނދުނުގެ ސައި އޮތެވެ. އަދި އެއަށްފަހު ހެނދުނު 9:15 މެންދުރު 13:00 އަށް، އަވަށުގެ ޒުވާނުންގެ މެދުގައި ހަތަރު ޓީމެއްގެ މެދުގައި ފޯރިގަދަ މަސް ރޭހެއް ބޭއްވިއެވެ.
"އެންމެ ބަރުދަން ހުންނަ، އެންމެ ގިނައިން މަސް ބޭނި ފަރާތަކަށް އެއްވަނަ ލިބޭ ގޮތަށް. އެގޮތުން އެއްވަނަ ހޯދީ ބްލޫޓީމެވެ. މިއީ ހުރިހާ އުމުރު ފުރާއަކަށް ވެސް ހުޅުވާލައިގެން އިންތިޒާމް ކުރި ރޭހެކެވެ." ނަޖާޙް ވިދާޅުވިއެވެ.
މަސްރޭހުގެ އިތުރުން، މިއަދު ހަވީރު 16:00 އިން ފެށިގެން 18:00 ވަންދެން ކުޑަކުދިންގެ ހަވީރެއްވެސް ފެށިގެން އެބަ ކުރިއަށް ދެއެވެ. އަދި މިރޭ ދަނޑިމަގު ވޮލީބޯޅަ ދަނޑުގައި ބާބަކިއު އަކާއި އެކު ވަރަށް ވެސް ފޯރިގަދަ ވޮލީބޯޅަ މުބާފރާތެއް ވެސް ފެށުމަށް ވަނީ ހަމަޖެހިފައެވެ. މިމުބާރާތް ފެށެނީ މިރޭ 20:30 ގައެވެ.
މިއަދުގެ އިތުރުން މާދަމާއިން ފެށިގެން ތިން ދުވަސް ވަންދެން، ޢީދުގެ އެކިއެކި ހަރަކާތްތައް ފުވައްމުލަކުގައި ބޭއްވުމަށް ދަނޑިމަގު ޒުވާނުން ވަނީ ރާވާފައެވެ.
Dhadimagu 2017-06-26 09:43:59