އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ރައީސްގެ ދެކަނބަލުން ޢީދު ސަލާމް ކުރުން މިފަހަރު ރަސްރަނި ބަގީޗާގައި

ރައީސްގެ ދެކަނބަލުން ޢީދު ސަލާމް ކުރުން މިފަހަރު ރަސްރަނި ބަގީޗާގައި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 0 މިނެޓް, 44 ސިކުންތު

މިއަހަރުގެ ފިޠުރު ޢީދު ދުވަހު ރައީސް ޢަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމް ގެ ދެކަނބަލުން، ޢީދު ސަލާމް ކުރުން ބާއްވަން ހަމަޖެހިފައިވަނީ ރަސްރަނި ބަގީޗާގައި ކަމަށް ރައީސް އޮފީހުން ހާމަކޮށްފިއެވެ.

މިކަން އަންގަވާދެއްވަމުން ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް މުއާޒް އަލީ ވިދާޅުވީ، ފިޠުރު ޢީދު ދުވަހު ޢީދު ސަލާމް ކުރުން އޮންނާނީ ރަސްރަނި ބަގީޗާގައި ކަމަށާއި ރައީސްގެ ދެކަނބަލުން ސަލާމް ކުރުން އޮޮންނާނީ ހެނދުނު 9:00 ން 10:00 އަށް ކަމަށެވެ. ވީހާވެސް ގިނަ ބަޔަކު ވަޑައިގެންނެވުމަށް ރައީސްގެ ދެކަނބަލުން ދައުވަތު އަރުވާ ކަމަށް ވެސް ތަރުޖަމާނު ވިދާޅުވެފައިވެއެވެ.

ކޮންމެ އަހަރަކުވެސް ބާއްވަމުން އަންނަ ޢީދު ސަލާމްކުރުން އެހެން އަހަރުތަކުގައި ބާއްވާފައިވަނީ މުލިއާގޭގައެވެ. މިއީ ހުޅުވާލެވިފައިވާ ސަރަޙައްދެއްގައި ރާއްޖޭގެ ރައީސް ގެ ދެކަނބަލުން މިޚާއްސަ ހަރަކާތް ބާއްވާ ފުރަތަމަ ފަހަރެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މަރިޔަމް ވަހީދާ