ޓީއެފްޖީ ''ރަން އިން އައްޑޫ'' ތަފާތު ތަޖުރިބާއެއް
ޓީއެފްޖީ ''ރަން އިން އައްޑޫ'' ތަފާތު ތަޖުރިބާއެއް
އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 18 ސިކުންތު
ޓޯޓަލް ފިޓްނެސް ގްރޫޕް (ޓީއެފްޖީ) އިން އައްޑޫސިޓީގައި ބޭއްވި "ރަން އިން އައްޑޫ: އަކީ ތަފާތު ތަޖުރިބާތަކެއް ކުރެވުނު ދުވުމެކެވެ.
މިއީ ހަމަޔަގީނުންވެސް ރާއްޖޭގައި މިހާ ހޫނުގައި ދުވި ދުވުމަށްވާނެއެވެ. ގިނަ ދުވުންތެރިންވެސް މިކަމަށް އެއްބަސްވެއެވެ. އެ ދުވުންތެރިންނަކީ ރާއްޖެއާއި ރާއްޖެއިން ބޭރުގައި އެތައް ދުވުމެއް ދުވެފައިވާ ދުވުންތެރިންނެވެ.
މިއަދު ހެނދުނު ބޭއްވި މިދުވުން ކިތަންމެ ހޫނުގައި ދުވިނަމަވެސް ދުވުންތެރިންތިބީ އުފަލުންނެވެ. ދުވުން ނިންމާލެވުނީމައެވެ. ތެދެކެވެ. އައުޓް ރަނަރސް ނުވަތަ ރޯޑް ރަނަރސްއަކީ ހޫނަށާއި ފިންޏަށް ހޭނިފައިތިބެންޖެހޭ ބަޔަކެވެ. އެހެންވެ މިއަދުގެ ދުވުމަކީ ކުރި އިތުރު ތަޖުރިބާއެކެވެ.
ރާއްޖޭގައިވެސް ހޫނުގައި ދުވަންޖެހޭނެކަން މިވަނީ ހާމަވެފައެވެ. ޓީއެފްޖީ އިން މީގެކުރިން ބޭއްވި ހުރިހާ ދުވުމެއްވެސް ހުޅުމާލޭގައި ބާއްވާފައިވާ އިރު، އައްޑޫސިޓީގައި މިކުރި ތަޖުރިބާއަކީ ދުވުންތެރިންގެ ހިތުން ފިލައިދާނެ އެއްޗެއް ނޫނެވެ.
ކޮންމެއަކަސް ފުލް މެރަތަން، ހާފު މެރަތަން، 10 ކިލޯމީޓަރާއި 5 ކިލޯމީީޓަރު ހިމަނައިގެން ބޭއްވި މިދުވުމުގައި 300 ދުވުންތެރިން ބައިވެރިވެފައިވާ އިރު، ހުރިހާ ދިވެހި ދުވުންތެރިންވަނީ ދުވުން ފުރިހަމަކޮށްފައެވެ. މިކަމަށްޓަކައި މިއަދުނޫހުން މަރުޙަބާ ކިޔަމެވެ.
ދުވުން ނިންމިފަހުން ބައެއް ދުވުންތެރިން އަކުނިވަޔަށް ދެމުންފަދަ ކަންތައްދިމާވެގެން ހޮސްޕިޓަލަށް ގެންދިޔަނަމަވެސް އެއްވެސް ދުވުންތެރިއަކަށް ސީރިއަސް އަނިޔާއެއް ލިބިފައެވެ.
ޓީއެފްޖީ އިން ދެން އެންމެއަވަހަށް ބާއްވާނީ ހައްދުންމަތީގައި ބާއްވާ ދުވުމެވެ. މިދުވުން އޮންނާނީ އަންނަ ޖެނުއަރީ މަހުއެވެ. މީގެ އިތުރުން ކޮންމެއަހަރަކުވެސް ބާއްވާ ކޮކާކޯލާ ލޯންގރަން އަންނައަހަރުގެ އޭޕރިލް މަހު ހުޅުމާލޭގައި ބާއްވާނެއެވެ.
ޚަބަރާއިގުޅޭ އިތުރު ލިޔުންތައް
މުހައްމަދު އަފްރާޙް
16 ސެޕްޓެމްބަރ 2017