އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ބީއެމްއެލް ވައު ކިޑްސް ރަން މި އަހަރު ޗެރިޓީ ރަން އަކަށް

ބީއެމްއެލް ވައު ކިޑްސް ރަން މި އަހަރު ޗެރިޓީ ރަން އަކަށް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 6 ސިކުންތު

މުޖުތަމަޢަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން ބޭންކްއޮފްމޯލްޑިވްސް އިން ކުރިއަށް ގެންދާ ހަރަކާތްތަކުގެ ތެރެއިން ޓޯޓަލް ފިޓްނެސްގްރޫޕް (ޓީއެފްޖީ) އާއެކު "ބީއެމްއެލްވާއުކިޑްސްރަން" ގައި ބައިވެރިވުމަށް ރަޖިސްޓްރީކުރަން ފަށައިފިއެވެ.



މިއީ ބީއެމްއެލް އާއި ޓީއެފްޖީ އެކު ބައިނަލްއަޤްވާމީ ކުޑަކުދިންގެ ދުވަހާއި ގުޅުވައިގެން ދުޅަހެޔޮ ސިއްހަތެއްގައި ހުރުމުގެ މުހިންމުކަން ކުޑަކުދިންނަށް އުނގަންނައިދިނުމުގެ ބޭނުމުގައި ބާއްވާ ހަރަކާތެކެވެ. މިއީ ޖައްސަޖައްސައިގެން މިދުވުން ބާއްވާ 3 ވަނަ އަހަރެވެ.



3 އަހަރުން ފެށިގެން 9 އަހަރާ ދެމެދުގެ 3 އުމުރުފުރައެއްގެ ކުދިންނަށް ބަހާލައިގެން ޖުމްލަ 900 ކުދިންނަށް މިއަހަރު ބައިވެރިވޭނެގޮތްވެސް މިއަހަރު މިވަނީ ހަމަޖައްސާފައެވެ.

މި އަހަރުގެ ދުވުމުގެ އެންމެ ހާއްސަކަމަކީ ދުވުމުގައި ރަޖިސްޓްރީކުރާ ކުދިންގެ ތެރެއިން ފަންޑްރައިޒް ކުރަން ބޭނުންވާ ކުދިންނަށް އަމާޒުކޮށް ބީއެމްއެލް އިން ތައްޔާރުކޮށްފައިވާ ހާއްސަ ޕްރޮގްރާމެވެ.



ބީއެމްއެލް ވައު ކިޑްޒް ފަންޑްރެއިޒިންގ ޕްރޮގްރާމްގައި ބައިވެރިވުމަށް އެކަމަށް ހާއްސަ ވެބްޕޯޓަލްއެއް ބީއެމްއެލް އިން މިވަނީގާއިމްކޮށްފައެވެ.

ޓީއެފްޖީ މެދުވެރިކޮށް ބީއެމްއެލް ވައު ކިޑްޒް ރަން ގައި ރަޖިސްޓަރކޮށްފައިވާ ކުއްޖާއާއި ބެލެނިވެރިޔާގެ މަޢުލޫމާތު ސައިން އަޕްޕޭޖް މެދުވެރިކޮށް ބީއެމްއެލް އަށް ފޮނުވާލުމުން ބޭންކުން ޕްރޮފައިލް އެކްޓިވޭޓް ކުރުމަށްފަހު އެކަން އެސްއެމްއެސް މެދުވެރިކޮށް ކުއްޖާގެ ބެލެނިވެރިޔާއަށް އަންގައިދޭނެއެވެ.



އެއަށްފަހު ޕްރޮފައިލް އަށް ލޮގިން ވުމަށްފަހު ފަންޑްރެއިޒިން ޕޭޖެއް ފަސޭހަކަމާއެކު ކްރިއޭޓް ކޮށްލެވޭނެއެވެ. ކޮންމެކުއްޖަކަށްވެސް ފަންޑްރައިޒް ކުރެވޭނެ އެންމެމަތީ އަދަދަކީ ދެހާސްރުފިޔާއެވެ.

ފަންޑްރެއިޒިންގ ޕޭޖް މެދުވެރިކޮށް ޑޮނޭޓްކުރަން ބޭނުންވާ އާއިލާގެ މެންބަރުންނާއި ރަހުމަތްތެރިންނަށް ފަސޭހަކަމާއެކު 50 ރުފިޔާއިން ފެށިގެން 500 ރުފިޔާ އާ ދެމެދުކަނޑައެޅިފައިވާ ޢަދަދުތަކުން ޑޮނޭޓް ކުރެވޭނެއެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މިއަދު