އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޓީއެފްޖީ "ރަން އިން ލާމު" މެރަތަންގައި 40 އިންސައްތަ ޖާގަ ފުލްވެއްޖެ

ޓީއެފްޖީ "ރަން އިން ލާމު" މެރަތަންގައި 40 އިންސައްތަ ޖާގަ ފުލްވެއްޖެ


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 19 ސިކުންތު

ޓީއެފްޖީ "ރަން އިން ލާމު" މެރަތަންގައި ބައިވެރިވުމަށް ހުޅުވާލި ފުރުޞަތުގައި މިހާތަނަށް 40 އިންސައްތަ ޖާގަ ފުލްވެފައިވާ ކަމަށް ޓޯޓަލް ފިޓްނެސް ގްރޫޕް (ޓީއެފްޖީ) އިން ބުނެފިއެވެ.

މިއަދުނޫހަށް ދެއްވި ޚާއްސަ ބަސްދީގަތުމެއްގައި ޓީއެފްޖީގެ ޑިރެކްޓަރ މުޙައްމަދު މިސްތޯ ވިދާޅުވީ މާލެއިން ބޭރުގައި ބާއްވާ ދެވަނަ ރަންގައި ބައިވެރިވުމަށް ހުޅުވާލުމުން ވަރަށް ބޮޑު ތަރުހީބެއް ލިބެމުން އަންނަކަމަށެވެ. އަދި މީގެ ކުރިން އައްޑޫސިޓީގައި ބޭއްވި "ރަން އިން އައްޑޫ"އަށް ލިބުނުވަރުގެ ނުވަތަ އެއަށްވުރެވެސް ބޮޑު ތަރުހީބެއް ލިބޭނެކަމަށް އުއްމީދުކުރާ ކަމަށްވެސް މިސްތޯ ވިދާޅުވިއެވެ.

މިދުވުމުގައި ރެޖިސްޓްރީކުރުމަށް ބޭނުންވާ ފަރާތްތަކުން http://www.gotorace.com/event/coca-cola-runinlaamu-2018/ މެދުވެރިކޮށް ރެޖިސްޓްރީ ކުރެވޭނެއެވެ.

"ރަން އިން ލާމު"ގައިވެސް ޓީއެފްޖީ އިން ހުޅުމާލޭގައި ބާއްވާ "ކޮކާކޯލާ ޓީއެފްޖީ ރަން" ގެ ހުރިހާ ރަހަތަކެއް ވަނީ ހިމަނާފައެވެ. އެގޮތުން ފުލް މެރަތަން (42.2 ކިލޯ މީޓަރ)، ހާފް މެރަތަން (21.1 ކިލޯ މީޓަރ) އަދި 10 ކިލޯ މީޓަރާއި 5 ކިލޯ މީޓަރު ވަނީ ހިމަނާފައެވެ.

މީގެ އިތުރުން ދޮށީ ޢުމުރުގެ މީހުންނަށް 4 ކިލޯ މީޓަރުގެ (Elderly 4km walk) ހިނގާލުމަކާއި ކުޑަކުދިންނަށް ބާއްވާ 2 ކިލޯ މީޓަރުގެ (kids 2km dash) ވަނީ ހިމަނާފައެވެ.

އަންނަ ޖެނުއަރީ މަހުގެ 26 އަދި 27 ގައި ބާއްވާ "ރަން އިން ލާމު" ގައި ބައިވެރިވާ ދުވުންތެރިންނަށް ތަމްރީނުތައް ހަދައިދިނުން މިފަހަރު ހިލޭ ހުޅުވާލައި، ގިނަ ބަޔަކު މިހަރު އަންނަނީ ތަމްރީނުތައް ހަދަމުންނެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މުހައްމަދު އަފްރާޙް