އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ހިތަދޫގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގާ، އަންހެނެއްގެ ހާލު ސީރިއަސް ވެއްޖެ

ހިތަދޫގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގާ، އަންހެނެއްގެ ހާލު ސީރިއަސް ވެއްޖެ


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 0 މިނެޓް, 58 ސިކުންތު

އައްޑޫ ސިޓީ ހިތަދޫ ބޮޑު މަގުގައި މިއަދު ހަވީރު ކުރައްކާތެރި އެކްސިޑެންޓެއް ހިނގައި އެކަކުގެ ހާލު ސީރިއަސް ވެއްޖެއެވެ.

މިކަމާއި ގުޅޭ ގޮތުން ފުލުހުންގެ މީޑިއާ އޮފިޝަލް "މިއަދުނޫހަށް" މައުލޫމާތު ދެއްވަމުން ވިދާޅުވެފައިވަނީ ހިތަދޫ ބޮޑު މަގުގައި ދެ ސައިކަލު ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގާފައިވާ ކަމަށާއި ފުލުހުންނަށް އެކަން ރިޕޯޓް ކޮށްފައިވަނީ މިއަދު ހަވީރު 16:27 ހާއިރު ކަމަށެވެ.

"ހިތަދޫ ބޮޑުމަގުގައި ނުރައްކާތެރި އެކްސިޑެންޓެއްވެ ހަތަރު މީހަކަށް އަނިޔާވެފައި ވަނީ. އޭގެ ތެރެއިން ބޮޑަށް އަނިޔާވެފައިވަނީ އެކަކަށް." ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.
މީގެ އިތުުރުން އޮފިޝަލް ވިދާޅުވީ ބޮޑަށް އަނިޔާވެފައިވަނީ އަންހެނަކަށް ކަމަށެވެ.

މިކަމާއި ގުޅޭ ގޮތުން ހިތަދޫރީޖަނަލް ހޮސްޕިޓަލުން މައުލޫމާތު ދިން ގޮތުގައި، ސީރިއަސް އަނިޔާވި އަންހެން މީހާ މިވަގުތުވީ އެހޮސްޕިޓަލުގެ އައިސީޔޫ ގައެވެ. އޭނާއަށް ލިބިފައިވާ އަނިޔާތަކުގެ ތަފްސީލެއް އަދި އެހޮސްޕިޓަލުން ނުދިން ކަމުގައިވިޔަސް، ބައެއް މީޑިއާ ރިޕޯޓުތަކުން ހާމަވާ ގޮތުގައި އެއަންހެން މީހާގެ ބޯ ފަޅައިގެން ގޮސް މޫނަށް ވެސް ވަރަށް ބޮޑަށް އަނިޔާވެފައިވާ ކަމަށް މައުލޫމާތު ލިބިފައިވެއެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މަރިޔަމް ވަހީދާ