އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

މޯލްޑިވް ގޭހުގެ ޢުމުރުން 18 އަހަރު ފުރިއްޖެ – ޚިދުމަތުގައި އަދިވެސްދަނީ ކުރިއަށް

މޯލްޑިވް ގޭހުގެ ޢުމުރުން 18 އަހަރު ފުރިއްޖެ – ޚިދުމަތުގައި އަދިވެސްދަނީ ކުރިއަށް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 20 ސިކުންތު

މޯލްޑިވް ގޭހަކީ އަޅުގަނޑުމެންގެ ބަދިގެތަކާ ވަރަށް ގާތް ނަމެކެވެ. ގޭގޭގެ ބަދިގެތަކަށް ގޭސް ފޯރުކޮށްދިނުމުގައި އެ ކުންފުނިން ވަނީ ހަރުފަތްތަކެއް ގިރާކޮށްފައެވެ.

ޢުމުރުން 18 އަހަރަކީ އިންސާނެއްގެވެސް އެންމެ ޗާލާކީ ދުވަސްވަރުކަމަށްވާތީ، މޯލްޑިވް ގޭހުންވެސް އަންނަނީ އެކަން ދައްކަމުންނެވެ. އެކަމުގެ ހެއްކަކީ ރާއްޖޭގެ ސިއްހީ ޚިދުމަތްދޭ ތަންތަނުގެ 95 އިންސައްތަމެޑިކަލް އޮކްސިޖަންބޭނުންކުރަނީ މޯލްޑިވް ގޭހުން ކަމަށްވުމެވެ. އަދި ރައްޔިތުންގެ ގިނަ ބަޔަކު އެ ޚިދުމަތް ބަލައިގަންފައިވުމަކީވެސް އެކަމުގެ އަލިގަދަ ހެއްކެކެވެ.

މީގެ އިތުރުން އެކުންފުނީގެ ޚިދުމަތް އަވަސްކުރުމުގެ ގޮތުން އޮޓޯމޭޓިވް ރިފިލް ސިސްޓަމެއް ޤާއިމްކޮށްފައިވާ އިރު، މި ޚިދުމަތުގެ ސަބަބުން ސްޕީޑް އަވަސްކޮށް ކަންކަން ނިންމުމަށް ވަނީ މަގުފަހިވެގެން ގޮސްފައެވެ.

ހަމަމިއާއެކު ޒަމާނުއްސުރެ ދިވެހިން ބޭނުންކުރަމުން ގެންދިޔަ ބަރު އަދި އުފުލަން އުނދަގޫ ގޭސފުޅިތައް ނައްތާލައި، "ލުއިފުޅި" ތަޢާރަފްކޮށް، ދިވެހިންގެ މޫނުމައްޗަށް ހިނިތުންވުން ވަނީ ގެނެސްދީފައެވެ.

ގޭސްފުޅިތަކަށް ބަދަލުގެނެސް، ހުއްޓައެއް ނުލައެވެ. ކުންފުނީގެ މުއައްޒަފުންނަށް ތަމްރީނުތައް ހިންގާ، ކަސްޓަމަރުންނާ ވީހާވެސް ގާތުން މަސައްކަތް ކުރެވޭނެ މާހައުލުވެސް އަންނަނީ ބިނާކުރަމުންނެވެ.

ކޮންމެއަކަސް މިވާހަކަތަކަކީ ދައްކާކޮޅުންލާނެ ވާހަކައެއް ނޫނެވެ. ޢުމުރުން އެންމެ 18 އަހަރުގައި މިފަދަ ގިނަ ކުރިއެރުންތަކެއް ހޯދި ކުންފުންޏެއްގެ މުސްތަޤުބަލް ހަމަގައިމުވެސް އުޖާލާކަން ހާމަވެއްޖެއެވެ. ތެދުވެރިކަމާ އަމާނާތްތެރިކަމާއެކު ކުރިއަށް ވަޑައިގަންނަވާށެވެ.

މިއަދުނޫހުގެ ފަރާތުން މޯލްޑިވް ގޭހަށް އެދެނީ އަދަށްވުރެ ފެހި، ފާގަތި މުސްތަޤުބަލަކަށެވެ. އަދި 18 ވަނަ އަހަރީދުވަހުގެ ހެޔޮއެދުމާއި ތަހުނިޔާ މިއަދުނޫހުގެ ހުރިހާ މުއައްޒަފުންގެ ފަރާތުން މޯލްޑިވް ގޭހުގެ އެންމެހާ ހީވާގި މުއައްޒަފުންނަށް އަރިސްކުރަމެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް







Hassan 2017-10-04 00:12:43

Molhu vaabaka dhehkiyakas kamakunudhaane mihaaruves delivery kuran base fulheege 90% filhiyakee eyhge nuzulun gase leak base fulhi


މުހައްމަދު އަފްރާޙް