ވިލާ ގޭހާ މޯލްޑިވް ގޭހުން ރަމަޟާން މަހު ކައްކާ ގޭސް ވިއްކާއަކު 10 ކިލޯގެ ފުޅިއަކުން 50 ރުފިޔާ ހެޔޮކޮށްފި

ވިލާ ގޭހާ މޯލްޑިވް ގޭހުން ރަމަޟާން މަހު ކައްކާ ގޭސް ވިއްކާއަކު 10 ކިލޯގެ ފުޅިއަކުން 50 ރުފިޔާ ހެޔޮކޮށްފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 0 މިނެޓް, 59 ސިކުންތު

ރާއްޖޭގައި ކައްކާ ގޭހުގެ ޚިދުމަތް ދެމުން އަންނަ ވިލާ ގޭހާއި އެސްޓީއޯގެ މޯލްޑިވް ގޭސް އިން ރަމަޟާން މަހު ކައްކާ ގޭސް ވިއްކާއަކު 10 ކިލޯގެ ފުޅިއަކުން 50 ރުފިޔާ ހެޔޮކޮށްފިއެވެ.

މިއީ 25 އިންސައްތައިގެ ޑިސްކައުންޓެކެވެ. އެހެންކަމުން މިހާރު 200 ރުފިޔާއަށް ލިބޭ ގޭސްފުޅިއެއް ރަމަޟާން މަހު 150 ރުފިޔާއަށް ލިބޭނެއެވެ.

ވިލާ ގޭހުން ރަމީޒް ވިދާޅުވީ މިފަދަ ބަދަލެއް ގެނައީ ރަމަޟާން މަހު ކައްކާ ތަކެތި އިތުރުވުމުން ގޭސް އިތުރަށް ބޭނުންވާނެތީ ކަސްޓަމަރުންނަށް ލުޔެއް ދިނުމުގެ ގޮތުންނާއި ވިލާ ގޭސް ބޭނުންކުރާ ކަސްޓަރުންނަށް ރަމަޟާން މަހު ހަދިޔާއެއް ދިނުމުގެ ގޮތުން ކަމަށެވެ. އަދި ވިލާ ގޭހުން އަބަދުވެސް ބަލަނީ ކަސްޓަމަރުންނަށް ވީހައި ހެޔޮ އަގެއްގައި އިތުބާރާއިއެކު ޚިދުމަތް ދިނުމަށް ކަމަށެވެ.

"ރަމަޟާން މަހު ގޭސް ފުޅި ޕިކަޕްގަ އުފުލޭނެ ވަގުތު އަދިވެސް އޮތީ ހަމަ މިހާރެކޭ އެއްގޮތަށް. ސަރުކާރުން ބަދަލެއް ގެނެސްފިނަމަ އެ ގޮތަކަށް ޚިދުމަތް ދޭނަން."

ގިނަ އަދަދެއްގެ ކަސްޓަމަރުން އެދެމުންދާތީ ވިލާ ގޭހުން އިއްޔެ ވަނީ ކޮންމެ ކޮންމެ ވަގުތަކުވެސް ގޭސް ގެންގޮސްދިނުމަށް އެކްސްޕްރެސް ސަރވިސްގެ ޚިދުމަތެއް ތައާރަފްކޮށްފައެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


އާރޓިކަލް ރޭޓްކުރައްވާ


0%
ވ.ރަނގަޅު
0%
ރަނގަޅު
0%
އޯކޭ
0%
ކަމަކުނުދޭ

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް