އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އައްޑޫސިޓީ ހިތަދޫއަށް 2 ޖެނެރޭޓަރު ގެންގޮސްފި

އައްޑޫސިޓީ ހިތަދޫއަށް 2 ޖެނެރޭޓަރު ގެންގޮސްފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 0 މިނެޓް, 41 ސިކުންތު

އައްޑޫސިޓީ ހިތަދޫއަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލަ ހައްލުކުރުމަށް ފެނަކަ ކޯޕަރޭޝަނުން ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން 2 ޖެނެރޭޓަރު ގެންގޮސްފިއެވެ.

ރޭގެ ވަގުތެއްގައި އެރަށަށް ގެންގޮސްފައިވަނީ1.2 މެގަވޮޓްގެ ޖަނަރޭޓަރަކާއި 1 މެގަވޯޓްގެ ޖަނެރޭޓަރެކެވެ.

ފެނަކަ ކޯޕަރޭޝަނުން ބުނީ މި ދެ ޖެނެރޭޓަރ އިންސްޓޯލް ކުރުމުގެ މަސައްކަތް 20 ޓެކްނިޝަނުން، 2 ގްރޫޕަކަށް ބަހާލައިގެން ކުރަމުން އަންނަ ކަމަށެވެ. އަދި މިމަސައްކަތުގައި އައްޑޫ ފެނަކަ އޮފީހާއި އެސްޓީއޯ އާއި އެމްއާރްޑީސީ އާއި އެމްޕީއެލްގެ މުވައްޒަފުންގެ ފަރާތުން ވަރަށް ބޮޑު އެއްބާރުލުމެއް ލިބެމުންދާކަމަށްވެސް ފެނަކައިން ބުންޏެވެ.

މީގެ އިތުރުން އެ މަސައްކަތް ގާތްގަޑަކަށް 3 ދުވަހުގެ ތެރޭގައި ނިންމާލެވޭނެކަމަށް ލަފާކުރާ ކަމަށާއި އޭރުން މިހާރު ދިމާވާ ކަރަނޓު ކެނޑޭ މައްސަލައަށް ހައްލު ލިބިގެންދާނެކަމަށްވެސް ފެނަކައިން ބުނެއެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މުހައްމަދު އަފްރާޙް