އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ތައުބާ ވާނީ ނަރަކައިގެ ދޮރުމައްޗަށް އަރަންޖެހުމުން ހެއްޔެވެ؟

ތައުބާ ވާނީ ނަރަކައިގެ ދޮރުމައްޗަށް އަރަންޖެހުމުން ހެއްޔެވެ؟


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 20 ސިކުންތު

ފަހުން ތައުބާވެ، ހެޔޮ އަމަލުތައް ކުރަން ފަށަން މަޑުކުރަން ބޭނުން މީހުން ވަރަށް ގިނައެވެ. އެބުނާ ފަސް އައިސް ޖެހުމުގެ ކުރިން ދުނިޔެ ދޫކުރަންޖެހޭ މީހުންވެސް މަދެއް ނޫނެވެ.

އެފަދަ މީހުންގެ ވާހަކަ ކީރިތި ޤްރްއާނުގައި ވަރަށް ސާފުކޮށް އެނގެން އެބައޮތެވެ.

"އެއުރެން ނަރަކައިގެ ކުރިމަތީގައި ބައިތިއްބަވާހިނދު ކަލޭގެފާނު ދެކެވަޑައިގަންނަވާނެ ނަމައެވެ. ދެން އެއުރެން ބުނާނެތެވެ. "އޭ ސަހަރޯއެވެ! ތިމަންމެން (ދުނިޔެއަށް) އަނބުރާ ފޮނުއްވަވާނެ ނަމަ ކޮންފަދަ ހެއްޔެވެ؟ އެއިރުން ތިމަންމެންގެ ވެރި ރަސްކަލާނގެ އާޔަތްތައް ދޮގެއް ނުކުރާނޫއެވެ. އަދި އީމާންވި މީހުންގެ ތެރެއިން ތިމަންމެން ވާނޫއެވެ."(ޤްރްއާން 27:6)

އެފަދަ މީހުންނަށް މާތް ﷲ ދެއްވަވާ ޖަވާބު:

"އަދި ކިއެއްތަ! އެއުރެން ކުރިން ވަންހަނާކޮށްގެން އުޅުނު ކަންތައް އެއުރެންނަށް ފާޅުވިއެވެ. އަދި އެއުރެން (ދުނިޔެއަށް) އަލުން (ދުނިޔެއަށް) ފޮނުއްވިނަމަ އެއުރެންނަށް ނަހީކުރެއްވެވި ކަންތަކަށް އެއުރެން އެނބުރި ހިނގައްޖައީހެވެ. އަދި، ހަމަކަށަވަރުން އެއުރެންނަކީ ދޮގުހަދާ ބައަކުކަން ކަށަވަރެވެ."(ޤްރްއާން: 28:6)

ކަމުގެ ހަޤީޤަތް މިހައި ސާފެވެ. ތިބާ އަމަލުކުރާނެ ގޮތަކަށް އަމަލުކުރުމުގެ ފުރިހަމަ އިޚްތިޔާރުު ތިބާއަށް މާތް ﷲ ވަނީ ދެއްވަވައިފައެވެ.

މާތް ﷲ އީ އެންމެ ދީލަތިވަންތަ އިލާހްއެވެ. ގިނަގިނައިން ފާފަ ފުއްސަވާ އަދި ފާފަ ފުއްސެވުމަށް ލޯބިކުރައްވަވާ އިލާހްއެވެ. ނަމަވެސް ކަނޑައެޅިފައިވާ އިމުގެތެރެއިންނެވެ. ތައުބާގެ ދޮރު ބަންދުވުމުގެ ކުރިން އެކަން ނުކޮށްފިނަމަ އެއީ އެމީހެއްގެ ކަމެކެވެ. އެފަދަ މީހުންނަށް ނަރަކައިގެ ގަދަފަދަ އަޒާބާއި ކުރިމަތިލާން ޖެހެނީ ހަމަ އެމީހެއްގެ ސަބަބުންނެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް







Aishaa 2017-11-21 07:59:38

Theevarahbodu thedhe efadhameehunah heyovisnun minvarukurahvaashi


އަބްދުއްލަތީފް