އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ނަރަކައިގެ ދަރަށް ވަނީ ތިބާ އަމިއްލައަށް- ޑައިމަންޑަކަށްވެ ނަރަކައިގެ އަލިފާނުން ނުއަނދައި ސަލާމަތްވެވިދާނެ

ނަރަކައިގެ ދަރަށް ވަނީ ތިބާ އަމިއްލައަށް- ޑައިމަންޑަކަށްވެ ނަރަކައިގެ އަލިފާނުން ނުއަނދައި ސަލާމަތްވެވިދާނެ


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 42 ސިކުންތު

މަލާއިކަތުން އެތިއްބަވަނީ އަބަދު އަޅުކަން ކުރެއްވެވުން މަތީގައެވެ. ނަމަވެސް އެބޭކަލުން ކުރައްވަވާ އަޅުކަމުގެ ސަބަބުން މާތްﷲ އެބޭކަލުންގެ ދަރަޖަ މަތިވެރިއެއް ނުކުރައްވަތެވެ. އިންސާނުންނާއިމެދު ކަންކަން ވަނީ އެގޮތަކަށް ނޫނެވެ. ކުރާ އަޅުކަމާއި ގުޅިގެން މާތްﷲ އެމީހެއްގެ ދަރަޖަ މަތިވެރިކުރައްވަވަތެވެ؟

އެކަން އެހެން އެވަނީ ކީއްވެގެންތޯ ބައެއް މީހުން އެބަ ސުވާލުކުރެއެވެ. ޖަވާބު ވަރަށް ސާފެވެ. މަލާއިކަތް ބޭކަލުން މަގުފުރައްދާނޭ ފަރާތެއް ނުވެއެވެ. ނަަމަވެސް ޝައިޠާނާ ކެނޑިނޭޅި މަސައްކަތްކުރަމުން ދަނީ އިންސާނުން މަގު ފުރެއްދުމަށެވެ. އިންސާނުން ކުރާ އަޅުކަމާއި ގުޅިގެން މަތްﷲ އެމީހެއްގެ ދަރަޖަ އުފުއްލަވަނީ އެހެންވެގެންނެވެ. މީހުން މަގުފުރައްދަން ޝައިޠާނާ އެވަރަށް ތެޅިފޮޅޭއިރުވެސް ޝައިޠާނާއަށް އެ ފުރުޞަތު ނުދީ މާތްﷲއަށް ބިރުވެތިވެ މާތްﷲ އެންގެވި ގޮތުގައި ސާބިތުވެ ހުންނާތީއެވެ.

މިހެން ބުނުމުން ބައެއް މީހުން އެބަ ބުނެއެވެ. ޝައިޠާނާ ނުއުފެއްދެވިނަމަ ތިމަންމެން ތިބޭނީ ޞައްޙަ ގޮތުގައެވެ. އެއީ ރަނގަޅު ވިސްނުމެއް ނޫނެވެ. މާތްﷲ ޝައިޠާނާ އުފެއްދެވުމަށްފަހު ތިބާއަށް ބުއްދި ނުދެއްވަވަނީ ހެއްޔެވެ؟ ޝައިޠާނާއަކީ ކާކުކަމާއި އޭނާ ކުރާނެ މަސައްކަތްތައް އަންގަވައި ނުދެއްވަވަނީހެއްޔެވެ؟ ޝައިޠާނާގެ ކިބައިން ސަލާމަތްވެގެން އުޅެވޭނެ ގޮތް އަންގަވައި ނުދެއްވަވަނީ ހެއްޔެވެ؟ ވީއިރު ޝައިޠާނާގެ ޝިކާރައަކަށް ތިއަވަނީ ތިބާ އަމިއްލައަށް ނޫންހެއްޔެވެ؟

މިސާލަކަށް ވަޅިއަށް ބަލާށެވެ. ވަޅިއާއި ނުލައި އިންސާނާގެ ދިރިއުޅުން ފުރިހަަމަވެސް ނުކުރެވޭނެއެވެ. އެހައި ގިނަ ބޭނުންތައް ވަޅިން ފުއްދަންޖެހެއެވެ. ދެން އެވަޅި ހިފައިގެން ގޮސް މީހަކު ކަތިލުމަށްފަހު ވަޅި އުފެއްދި މީހާ ކުށްވެރިކުރެވިދާނެ ހެއްޔެވެ؟ ނުކުރެވޭނެއެވެ.

އިންސާނާއަށްވެސް އޮތީ ހަމަ އެގޮތެވެ. މާތްﷲ އިންސާނާ އުފެއްދެވި މަޤްޞަދު އިންސާނުންނަށް ހަމަ ވަރަށް ރަނގަޅަށް އެބައެނގެއެވެ. އެނގޭއިރުވެސް އެހެން ބޭނުމެއް ފުއްދުމަށްފަހު އެހެން ފަރާތެއް ކުށްވެރިކުރެވިޑާނެ ހެއްޔެވެ؟ ނުކުރެވޭނެއެވެ.

ޑައިމަންޑަކީ އަލިފާނުގައި އަނދާ އެއްޗެއް ނޫނެވެ. ތިބާއަކީ ޑައިމަންޑަކަށްވެ ނަރަކައިގެ އަލިފާނުން އަނދައިގެން ނުދިއުމުގެ ފުރުޞަތު މާތްﷲ ވަނީ ތިބާއަށް ދެއްވަވައިފައެވެ. ހަަމައެއާއިއެކު ތިބާއަކީ ނަރަކައިގެ ދަރަށްވެ އަނގައިގެން ގޮސްގޮސް އޮތުމުގެ އިޚްތިޔާރުވެސް މާތްﷲ ވަނީ ދެއްވަވައިފައެވެ. ތިބާ ބޭނުން ގޮތެއް އިޚްތިޔާރުކުރުމަށްފަހު އެހެން ފަރާތެއް ކުށްވެރިކުރަން ވާހަކަ ދައްކަނީ ކީއްވެގެންހެއްޔެވެ؟

ވިސްނައިލާށެވެ. އަބޫބަކުރުގެފާނާއި އަބޫޖަހުލުވެސް އުފެއްދެވީ މާތްﷲ އެވެ. އަބޫބަކުރުގެފާނު ވަނީ ސުވަރުގޭގެ އެންމެ މަތީ ދަރަޖައިގައެވެ. އަބޫ ޖަހުލު ވަނީ ނަރަކައިގެ އެންމެ އަޑީގައެވެ.

އަދިވެސް ވިސްނައިލާށެވެ. ރަސޫލުބޭކަލުންނަށް އެމަތިވެރި ދަރަޖަ ދެއްވެވި ނަމަވެސް އެބޭފުޅުންގެ ހަޔާތްޕުޅަކީ އެހައި އޮމާން ފަސޭހަފުޅު އަރާމު ތަންމައްޗެއް ނޫނެވެ. އެންމެ ބޮޑެތި މައްސަލަތަކާއި ކުރިމަތިލައްވަން ޖެހިވަޑައިގަތީ އެބޭކަލުންނަށެވެ. ވީމާ އަހަރެމެންނަށް ވެސް މައްސަލަތަކާއި ކުރިމަތިލާންޖެހޭނެއެވެ. ހިތްދަތި ކަންތައްތަކާއި މުޞީބާތްތައްވެސް ކުރިމަތިވާނެއެވެ.

ޙައްލު އޮތީވެސް ފެންނާށެވެ. އެއީ ޙައްޤު މަގުގައި ސާބިތުވެ ތިބުމެވެ. ޑައިމަންޑަކަށްވެ އެގޮތުގައި ސާބިތުވެ ހުރުމެވެ. އެއިރުން ތިބާގެ ގައަކު ނަރައިގެ އަލިފާނެއް ނުހިފާނެއެވެ. މާނައަކީ މާތްﷲ އެންގެވި ގޮތުގައި ސާބިތުވެ ހުރެއްޖެނަމަ ނަރަކައަށް ވަންނަން ނުޖެހޭނެ ކަމެވެ.

ނަރަކައިގަ ތިބާގެ ހަށިގަނޑު އަންދަނީ ތިބާ އަމިއްލައށެވެ. ތިބާގެ ހަށިގަނޑަކީވެސް ނަރަކައިގެ ދަރުކަމުގައި ހަދަން އިޚްތިޔާރުކުރަނީ ތިބާއެވެ. އެއީ އެހެން މީހަކު ކުރާ ކަމެއް ނޫނެވެ.

-- ލަވް އިސްލާމްގެ ދަރުސަކުން

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް