އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޗައިނާއިން ރާއްޖެއަށް ބޮޑެތި އެހީތަކެއް ފޯރުކޮށްދޭނެ- ގުޅިފައިވާ ބަޔާން

ޗައިނާއިން ރާއްޖެއަށް ބޮޑެތި އެހީތަކެއް ފޯރުކޮށްދޭނެ- ގުޅިފައިވާ ބަޔާން


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 14 ސިކުންތު

ޗައިނާއިން ރާއްޖެއަށް ވަރަށް ގިނަ ތަފާތު ދާއިރާތަކުން ބޮޑެތި އެހީތަކެއް ފޯރުކޮށްދޭނެ ކަމަށް ޗައިނާއިން ބުނެފިއެވެ. މިކަން ހާމަކޮށްފައިވަނީ ރައީސް ޒީ ޖިންޕިންގެ ދައުވަތަށް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީންގެ ދެކަނަބަލުން ޗައިނާއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅާއި ގުޅިގެން ނެރުނު ގުޅިފައިވާ ބަޔާނުގައެވެ.

ބަޔާނުގައި ޗައިނާއިން ވަނީ ރާއްޖޭގެ އިޤްޠިޞާދަށް އަދި އިޖުތިމާޢީ ކަންކަމަށް ފައިދާ ކުރާނެ ގިނަ ދާއިރާތަކަކުން އެހީތެރިކަން ފޯރުކޮށްދޭނެ ކަމުގެ ޔަޤީންކަން ދީފައެވެ. އެގޮތުން ރާއްޖެއަށް އިތުރު އިންވެސްޓްމަންޓްތައް ހޯދައިދިނުމާއިއެކު ރާއްޖޭގެ ފަތުރުވެރިކަން އިތުރަށް ކުރިއަރުވަން އެހީތެރިވެދޭނެ ކަމަށްވެސް ޗައިނާއިން ވަނީ ބުނެފައެވެ.

ޗައިނާއިން ބުނެފައިވަނީ ރާއްޖެއާއި އަދި އެކުވެރި ޤައުމުތަކުގެ ފައިދާއަށް ޗައިނާއިން ކަންކަން ކޮށްދޭނެ ކަމަށާއި ޗައިނާއިން ބޭނުންވަނީ "އެންމެންނަށް" ފައިދާކުރާނެ ގޮތަށް އަދި އެންމެންގެ ކުރިއެރުމަށް މަސައްކަތްކޮށްދޭން ކަމަށެވެ.

ރާއްޖެ އާއި ޗައިނާއަކީ ޒަމާނުންސުރެ ވަރަށް ގާތް ގުޅުމެއް އޮންނަ ދެ ޤައުމު ކަމަށާއި އެގުޅުން އިތުރަށް ބަދަހިކޮށް ކުރިަރުވަން ގަދައަޅައި މަސައްކަތްކުރަން ދެ ޤައުމުން ވަނީ އެއްބަސްވެފައެވެ.

ދެ ޤައުމުގެ އިސް ވެރިންނާއި ޖޫޑިޝަރީން ދަތުރުތައް ބަދަލުކުރުން އިތުރުކުރުމާއިއެކު ހެޔޮ ވެރިކަމެއް ކުރުމަށާއި ކޮރަޕްޝަން ނައްތައިލުމުގައި އެއްބާރުލުން އިތުރުކުރުމަށް ދެ ޤައުމުން ވެސް ވަނީ އެއްބަސްވެފައެވެ.

އަންނަ އަހަރު ޗައިނާގައި ބާއްވާ އިމްޕޯޓް އެކްސްޕޯގައި ބައިވެރިވުމަށްވެސް ޗައިނާއިން ވަނީ ރާއްޖެއަށް ދައުވަތުދީފައެވެ. ރާއްޖެއިން ވަނީ ޗައިނާގެ ދައުވަތު ޤަބޫލުކޮށްފައެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް