އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ހުރި ބޮޑެތި ގޮންޖެހުންތަކާއިއެކު ރާއްޖެއަކީ ފަތުުވެރިކަމުގަ އެންމެ ކުރިއަރާފައިވާ ޤައުމެއް: ނަޖީބް ރައްޒާޤް

ހުރި ބޮޑެތި ގޮންޖެހުންތަކާއިއެކު ރާއްޖެއަކީ ފަތުުވެރިކަމުގަ އެންމެ ކުރިއަރާފައިވާ ޤައުމެއް: ނަޖީބް ރައްޒާޤް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 0 ސިކުންތު

ޤްރްދްރަތީ ގޮތުން ރާއްޖެއަކީ ގިނަ ރަށްތަކެއްގެ މައްޗަށް އެކުލެވޭ ޤައުމަކަށްވުމުން ފަތުރުވެރިކަމަށް ރިޒޯޓްތައް ތަރައްޤީކުރުމަށް ބޮޑެތި ގޮންޖެހުންތަކެއް ހުރިނަމަވެސް އެ ހުރަސްތައް ގިރާކޮށް ރާއްޖެއަކީ ދުނިޔޭގެ ފަތުރުވެރިކަމުގެ ސިނާއަތުގައި އެންމެ ކުރިއަރާފައިވާ ޤައުމެއް ކަމަށް މެލޭސިޔާގެ ބޮޑުވަޒީރު ނަޖީބު ރައްޒާޤް ވިދާޅުވެއްޖެއެވެ.

ރައްޖެއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގެ ތެރެއިން ގުޅިފައިވާ ބަޔާން އިއްވަވަމުން ނަޖީބު ރައްޒާޤްވަނީ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތް ދުނިޔެއަށް ނަމޫނާއަކަށް ވެފައިވާ ކަމަށް ވިދާޅުވެފައެވެ.

ފަތުރުވެރިކަމުގެ ސިނާއަތަށް ބައްލަވައިލައްވަމުން ބޮޑުވަޒީރު ވިދާޅުވީ ގިނަ ރައްތަކެއްގައި ރިޒޯޓުތައް ތަރައްޤީކުރުމަކީ ބޮޑެތި ގޮންޖެހުންތައް ކުރިމަތިވާ ކަމެއް ކަމަށާއި އެހެންކަމާއިއެކުވެސް ރާއްޖެއިން ވަނީ ބޮޑެތި ކުރިއެރުންތަކެއް ހޯދާފައި ކަމަށެވެ. ދުނިޔޭގެ އެންމެ ބޮޑެތި ނަންތައް (ބްރޭންޑްތައް) ރާއްޖެ ގެނެވިފައިވާ ކަމަށެވެ.

"ރާއްޖެއިން ވަނީ ހިންގަން ހުރި ދަތިތައް ހުރަސްކޮށް ރިޒޯޓުތައް ހިންގުމުގަ ބޮޑެތި ކާމިޔާބީތަކެއް ހާޞިލުކޮށްފަ. ދުނިޔޭގެ އެންމެ މަޤްބޫލު މަންޒިލެއްގެ މަޤާމު ހޯދާފަ."

ފަތުރުވެރިކަމުގައި ރާއްޖެއިން ހޯދި ކުރިއެރުން މެލޭސިޔާއަށް މުހިންމު ކަމަށާއި މެލޭސިޔާގެ ކުންފުނިތަކުން ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތާއި ގުޅޭނެ ކަމަށް އުންމީދުކުރައްވާ ކަމަށްވެސް ބޮޑުވަޒީރު ވިދާޅުވިއެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް