އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ދީނީ ބައެއް ސުވާލާއި ޖަވާބު- 4

ދީނީ ބައެއް ސުވާލާއި ޖަވާބު- 4


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 48 ސިކުންތު

މިއީ "އިސްލާމިކް ނޮލެޖް ވައިބާ ގްރޫޕް" ގައި ބައެއް ފަރާތްތަކުން ކޮށްފައިވާ ސުވާލުތަކާއި އެސުވާލުތަކަށް ދީފައިވާ ޖަވާބެވެ.

މިސުވާލުތަކަށް ޖަވާބު ދެއްވީ ދީނީ ޢިލްމުވެރިޔާ ޑރ. މުހައްމަދު އިޔާޒު އަބްދުލް ލަތީފު އެވެ.

• ސުވާލު- ފިރިމީހާ އަނބިމީހާ ގައިގާ އަތްވެސް ނުލާތާ ތިން އަހަރު ވަނީ. މިފަދަ ހާލަތެއްގައި ކަންތައް ކުރަން ދީނުގައި އޮންނަ ގޮތަކީ ކޮބާ؟

ޖަވާބު- މިޙާލަތުގައި ވަރިއަށް އެދުމުގެ ޙައްޤު އަނބިމީހާއަށް ލިބިގެންވޭ.

• ސުވާލު- މުސްލިމަކާއި ދިމާލަށް ކާފަރަކަށް ގޮވުމަކީ ކޮން ކަހަލަ ކަމެއްތޯ؟ އަދި ކާފަރަކާއި ދިމާލަށް ކަފަރެކޭ ގޮވިދާނެތޯ؟

ޖަވާބު- ހުރިހާ އެންމެންނާއި ވެސް މުޚާތަބް ކުރަންވާނީ އިޚްތިރާމާއިއެކު.

• ސުވާލު- އިނދެގެން އުޅޭ ފިރިމީހާ އަނބިމީހާގެ މައިންބަފައިންނަށް ކުރަންވާ އިޚުތިރާމާއި އިއްޒަތް ނުދީ އެމީހުންގެ އަގު ވެއްޓޭ ގޮތަށް ކަންތައް ކުރާ ނަމަ، އޭގެ ބަދަލުގައި ފިރިމީހާއަށް ނަސޭހަތްދީ ފިރިމީހާގެ އާއިލާ މެދުވެރިކޮށް ވެސް ނަސޭހަތްދީ ރަނގަޅު ނުވެއްޖެނަމަ، ދެން އޭގެ ފަހުން އަނބިމީހާ ކަންތައް ކުރަންވާނީ ކިހިނެއްތޯ؟

ޖަވާބު- ދެ ގޮތެއް އޮތީ. އެއީ އެގޮތުގައި ވެސް ކެތް ކޮށްލައިގެން އެކުގައި އުޅުން. ނުވަތަ އަނެއްގޮތަކީ ވަރިއަށް އެދުން.

• ސުވާލު- އަޅުގަނޑު އަޑު އެހިން ލަވަ ކިޔާ ނަށާ މީހުން ފައި އެޅޭނީ ޤިޔާމަތް ދުވަހުން ނަރަކައިގެ އަޑީގައި ކަމަށް. ވީމާ ފިރިމީހާ ކުރިމަތީގައިވެސް ނަށާ ލަވަ ކިއުމަކީ ކޮންކަހަލަ ކަމެއް؟

ޖަވާބު- ދެމަފިރިން އެހެން މީހުންނަށް ނުފެންނަ ގޮތަށް އަދި އަޑުވެސް ނުއިވޭ ގޮތަށް ލަވަ ކިޔާ ނަށާ ހެދިޔަސް މައްސަލައެއް ނެތެވެ.

• ސުވާލު- ކުޑަ ކަމުދާ މަގުން ލޭ އަންނަ ނަމަ ނަމާދު ސައްޙަ ވާނެތޯ؟

ޖަވާބު- ސައްޙަ ވާނެ

• ސުވާލު- މިހާރަކަށް އައިސް ވަރަށް އާންމުކަމެއް ދެމަފިރިން ވަރިވުމަށްފަހު ވެސް ދަރިން ތިބީމަ، އެކުގައި ކައިބޮއެ އެއްތަނެއްގައި ނިދާ ހެދުމަކީ. މިއީ ދީނީ ގޮތުން ކިހާ ވަރެއްގެ ކަމެއްތޯ؟

ޖަވާބު- އިއްދަ ހަމަވާއިރު ރުޖޫ ކޮށްފައި ނުވާ ނަމަ އެކުގައި ނޫޅެވޭނެ.

• ސުވާލު- ވުޟޫ ކޮަށްގެން ހުރެ ނޭފަތުން މަޑު ނަގާ ހަދައިފިނަމަ ވުޟޫ ގެއްލޭނެތޯ؟

ޖަވާބު- ނުގެއްލޭނެ

• ސުވާލު- ބޮލުގެ އެކި ހިސާބު، އާންމުކޮށް އަރިމަތިން، ތުނި ކުރުމަކީ ދީނުގައި ރަނގަޅު ކަމެއްތޯ؟

ޖަވާބު- ވަކި ހިސާބެއް ބޮޑަށް ތުނި ކޮށްފައި އަނެއްބައި ދޫކޮށްލުން ހުއްދައެއް ނޫން.

• ސުވާލު- މެންދުރު ނަމާދަށް މިސްކިތައް ދެވުން އިރު ޖަމާއަތް ފަށައިފި. މިހެންވުމުން މެންދުރު ނަމާދުގެ އިހުގެ ހަތަރު ރަކުއަތް ކުރާނީ ޤަޟާ އަށްތޯ؟ ފަހު ސުންނަތް ދެރަކުއަތުގެ ކުރިންތޯ ނުވަތަ ފަހުންތޯ؟ ކުރާނެ ގޮތް ވިދާޅުވަދެއްވާ.

ޖަވާބު- މިޙާލަތުގައި މެންދުރު ނަމާދުކޮށް އަވަދިވެގެން ޒިކްރު ނަސްބީޙަ ކިޔާ ނިމިގެން ފުރަތަމަ ކުރާނީ ފަހު ސުންނަތް. އެއަށްފަހު އިހު ސުންނަތް ޤަޟާ ކުރާނީ.

• ސުވާލު- ކަމެއް ކުރަން ފެށުމުގެ ކުރިން އެކަމަށް ޚާއްސަ ވަކި ދުޢާ އެއް ނޭނގޭނަމަ ބިސްމިﷲ ކިޔުމުން ފުދޭނެތޯ؟

ޖަވާބު- ފުދޭނެ

Advertisement

ކޮމެންޓް ކުރެއްވުމަށް








މަރިޔަމް ވަހީދާ