އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ދީނީ ބައެއް ސުވާލާއި ޖަވާބު

ދީނީ ބައެއް ސުވާލާއި ޖަވާބު


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 19 ސިކުންތު

މިއީ "އިސްލާމިކް ނޮލްޖް" ވައިބާ ގްރޫޕްގައި ބައެއް ފަރާތްތަކުން ކޮށްފައިވާ ސުވާލުތަކުގެ ޖަވާބެވެ. މި ސުވާލުތަކަށް ޖަވާބު ދެއްވީ ދީނީ ޢިލްމުވެރިޔާ ޑރ. މުޙައްމަދު ޢިޔާޛް އަބްދުލް ލަތީފު އެވެ.

ސ. ބަލިވެގެން ނުހިފޭ ރޯދަތަކަށް ފަގީރުންނަށް ކާންދޭން ބުނެފައިވާއިރު، ރަށުގައި ފަގީރެއް ނެތް ހާލަތްތަކުގައި ހަދާނީ ކިހިނެއް؟

ޖ. އެރޯދަތަށް ޖެހޭނީ ބަލި ފަސޭހަވީމަ ހިފަން.

ސ. ވިޠުރި ކުރާއިރު ވަކި ޚާއްސަ ސޫރަތްތަކެއްތޯ ކިޔަން ޖެހޭނީ؟ ނޫނީ ތިމާއަށް ކިޔަން އިނގޭ ކޮންމެ ސޫރަތެއް ކިޔަސް ރަނގަޅު ވާނެތޯ؟

ޖ. ސުންނަތް ގޮތަކީ ފުރަތަމަ ރަކުއަތުގައި ސޫރަތުލް ޢައުލާ، ދެވަނަ ރަކުއަތުގައި ސޫރަތުލް ކާފިރޫން އަދި ފަހު ރަކުއަތުގައި ސޫރަތުލް އިޚްލާސް ކިޔެވުން.

ސ. ތަރާވީސް ނަމާދު ކުރިން ފަސްކޮށްލެވި ދާނެތޯ؟ ޢިޝާ ނަމާދަށްފަހު ގަޑިއިރެއް ފަހުން ވެސް ކުރެވިދާނެތޯ؟

ޖ. ޢިޝާ ނަމާދާއި ފަތިސް ނަމާދާއި ދެމެދު ކޮންމެ ވަގުތެއްގައިވެސް ކުރެވިދާނެ.

ސ. ވަރިވުމަށްފަހު ރަނުން ބައެއް ނުވަތަ ރަން އެއްކޮށް ވިޔަސް ނުދީވާނަމަ، އެބައި ދޭން ޖެހޭ ހާލަތްތަކަކީ ކޮބާ؟

ޖ. އެއްދާން ކޮށްފައިވާނަމަ އެއްކޮށް ދޭން ޖެހޭނެ.

ސ. މާބަނޑު ދުވަސްވަރު ޑޮކްޓަރު ރޯދަ ނުހިފަން އަންގައިގެން ގެއްލޭ ރޯދަޔަށް މިސްކީނުންނަށް ކާންދޭން ޖެހޭނެތޯ؟

ޖ. މިސްކީނަކަށް ކާން ދޭނީ ދަރިފުޅަށް ގެއްލުން ވެދާނެ ކަމަށް ރޯދަ ދޫކޮށްލާނަމަ.

Advertisement

ކޮމެންޓް ކުރެއްވުމަށް







Moosa abdulla 2018-05-24 01:13:27

Vithureegai konme suooratheh ves kiyevidhaane this?


މަރިޔަމް ވަހީދާ