އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޒައިނަބްގެ ގާތިލުގެ މައްޗަށް މަރުގެ ޙުކުމް ކޮށްފި

ޒައިނަބްގެ ގާތިލުގެ މައްޗަށް މަރުގެ ޙުކުމް ކޮށްފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 7 ސިކުންތު

ލާހޯރް- މިދިޔަ ޖެނުއަރީ މަހު ރަޙުމްކުޑަ ގޮތަކަށް މަރާލި އުމުރުން ހަތް އަހަރުގެ ޒައިނަބް އަމީން އަންސާރީގެ ގާތިލުގެ މައްޗަށް، އެންޓި ޓެރަރިޒަމް ކޯޓު (އޭޓީސީ) އިން މަރަށް މަރުގެ ޙުކުމް ކޮށްފިއެވެ.

ޒައިނަބް ރޭޕްކޮށް، މަރާލި އިމްރާން އަލީ ނަޤްޝްބަންދީ ގެ މައްޗަށް އޭޓީސީ އިން ހަތަރު ޙުކުމެއް ކޮށްފައިވެއެވެ. އެއީ:

• ކުޑަ ކުއްޖަކާއެކު ޖިންސީ ގުޅުން ހިންގި ކަމުގެ ކުށުގައި އުމުރު ދުވަހުގެ ޖަލު ހުކުމަކާއި ހަމަ އެކުށުގައި އެއް މިލިއަން ރުޕީސް ގެ ޖޫރިމަނާ ހުކުމަކާއި،
• އިންސާނެއްގެ ހަށިގަނޑު ކުނިގޮނޑަކަށް އެއްލާލުމުގެ ކުށުގައި ހަތް އަހަރުގެ ޖަލު ހުކުމެއްގެ އިތުރުން،
• ރަހީނުކޮށް، ރޭޕްކޮށް މަރާލުމުގެ ކުށުގައި، މަރަށް މަރުގެ ޙުކުމެވެ.

ޒައިނަބްގެ ގާތިލަށް ކުރި ޙުކުމްތައް އަޑު އިވުމުން، އޭނާގެ ބައްޕަ މުޙައްމަދު އަމީން ވަރަށް ހިތްހަމަޖެހުނެވެ.

މިއަދު މިމައްސަލައިގެ ޙުކުމް އިއްވާފައިވާއިރު، މައްސަލައިގެ އެންމެ ފަހުގެ އަޑުއެހުންތައް ބާއްވާފައިވަނީ މިދިޔަ ހަފްތާގައި، މައްސަލައިގެ ތަހުގީގު ކުރުމަށްފަހުއެވެ.

ޒައިނަބްގެ ބޮޑުބޭބެ އާއި ބޭބެއާއިއެކު މުޅިއަކު 56 މީހުން، މިމައްސަލައިގެ ތަހުގީގުގައި އިމްރާން އާއި ދެކޮޅަށް ބަޔާން ދީފައިވެއެވެ. މީގެއިތުރުން ޒައިނަބްގެ ގާތިލަކީ އިމްރާންކަން ފޮރެންސިކް ރިޕޯޓުންނާއި ޕޮލިގްރާފިކް ޓެސްޓުން ވެސް ވަނީ ހާމަވެފައެވެ.

މިމައްސަލައިގެ އަޑުއެހުމެއް މިދިޔަ ބުދަ ދުވަހު އޮތް އިރު، އިމްރާންގެ ދިފާއުގައި ވާހަކަ ދެއްކި ފަރާތަކުން ކޯޓުގައި ބުނެފައިވަނީ، އިމްރާން އަކީ ކްރިމިނަލެއްކަން އޭނާއަށް ޤަބޫލު ނުކުރެވޭ ކަމަށާއި އެންމެ ފުރަތަމަ ދުވަހު ވެސް އޭނާގެ ކުށަށް އޭނާ އިއުތިރާފު ވެފައިވާ ކަމަށެވެ.

އުމުރުން ހަތް އަހަރުގެ ޒައިނަބް، ރަހީނު ކޮށްފައިވަނީ ޖެނުއަރީ މަހުގެ ހަތަރު ވަނަ ދުވަހުއެވެ. އޭގެ ފަސް ދުވަސް ފަހުން ޒައިނަބްގެ މަރުވެފައިވާ ހަށިގަނޑު ފެނުނީ ކުނިތަކެއްގެ ތެރެއިންނެވެ. އަދި ކްރައިމް ސްކީނުން ނެގި ޑީއެންއޭ ސާމްޕަލްތަކާއި އިމްރާންގެ ޑީއެންއޭ އާއި ވަނީ ދިމާވެފައެވެ. އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ ޖެނުއަރީ މަހުގެ 23 ވަނަ ދުވަހުއެވެ.

ޒައިނަބްގެ އިތުރުން، އޭގެ ކުރިން ރޭޕްކޮށް މަރާލާފައިވާ އަށް ކުޑަ ކުއްޖެއްގެ ޑީއެންއޭ އާއި ވެސް އިމްރާންގެ ޑީއެންއޭ ވަނީ ދިމާވެފައެވެ.

އިމްރާން އަލީ އަށް ކުރި ޙުކުމްތަކުގެ ސަބަބުން، ގައިދީ އަކަށް އަދަބު ދިނުމުގައި ސައިޓިފިކް މެތަޑް ބޭނުންކުރި ޤައުމުތަކުގެ ލިސްޓުގައި ޕާކިސްތާނު ވެސް މިހާރު ވަނީ ހިމެނިފައެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މަރިޔަމް ވަހީދާ