އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޒައިނަބްގެ ގާތިލު ދަންޖައްސައިފި

ޒައިނަބްގެ ގާތިލު ދަންޖައްސައިފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 57 ސިކުންތު

ޕާކިސްތާނުގެ ކާސޫރް ގައި ރޭޕްކޮށް މަރާލި އުމުރުން އެންމެ ހަ އަހަރުގެ ޒައިނަބް އަމީން އަންސާރީގެ ގާތިލު އިމްރާން އަލީ، މިއަދު ފަތިހުގެ ވަގުތެއްގައި ލާހޯރްގެ ކޮޓް ލަޚްޕަތް ސެންޓްރަލް ޖަލުގައި ދަންޖައްސާ މަރާލައިފިއެވެ.

އިމްރާން އަލީ ދަންޖެއްސީ ގާޒީ އާދިލް ސަރްވާރާއި ޒައިނަބްގެ ބައްޕަ މުޙައްމަދު އަމީން އަންސާރީގެ އިތުރުން އެކުއްޖާގެ ބޮޑުބޭބެ ކުރިމަތީގައެވެ.

ޒައިނަބްގެ ގާތިލު ދަންޖައްސަން އެޖަލަށް ގެންދިޔައީ މިއަދު ފަތިހު 5:00 ޖެހިއިރު އެވެ. ދަންޖެއްސުމުގެ ކުރިން އޭނާގެ ސިއްޙަތު ހުރި ނެތްގޮތް ބެލި ކަމަށް ވެސް ޕާކިސްތާނުގެ ބައެއް މީޑިއާތަކުން ރިޕޯޓު ކޮށްފައިވެއެވެ.

އިމްރާން ދަންޖެއްސުމަށް ހަމަޖެހުނު ވަގުތު އެތަނަށް އޭނާގެ ބޭބެއާއި ގާތް ދެ ރަހުމަތްތެރިން އެމްބިއުލޭންސެއްގައި ދިޔައެވެ. ނަމަވެސް ދަންޖެއްސި ވަގުތު އެމީހުން ޖަލުގެ އެތެރެއަށް ވަދެފައި ނުވާ ކަމަށް ވެސް މައުލޫމާތު ލިބިފައިވެއެވެ.

ޒައިނަބުގެ ގާތިލު ދަންޖައްސާ ނިމުމުން، ޖެލުން ބޭރަށް ނިކުމެ މީޑިއާތަކާއި ވާހަކަ ދައްކަމުން އޭނާގެ އަމީން އަންސާރީ (ޒައިނަބުގެ ބައްޕަ) ބުނީ، އިމްރާން ދައްޖެއްސިތަން ލައިވް ކުރުމަށް ވެސް ކަމާއިބެހޭ ފަރާތްތަކުން ފުރުސަތު ނުދިމުންނާއި އެންމެންގެ ކުރިމަތީގައި ދަންޖެއްސުމަށް ވެސް އިންކާރު ކުރުމުން އެކަމާއި ދެރަވާ ކަމަށެވެ. ނަމަވެސް ދަރިފުޅަށް އިންސާފު ލިބުމުން އެކަމާއި ވަރަށް ބޮޑަށް ހިތްހަމަ ޖެހުނުކަމަށް އަންސާރި ބުނެފައިވެއެވެ.

އެންމެންގެ ކުރިމަތީގައި އިމްރާން ދަންޖެއްސުމުގެ ހުއްދަ ކޯޓުން ނުދިނީ، އެފަދަ މަންޒަރެއް ފެނުމުން ގިނަ ބަޔަކަށް ނަފްސާނީ ގޮތުން ލިބިދާނެ ގެއްލުމަކަށްޓަކައެވެ.

ޒައިނަބު ރަހީނު ކޮށްފައިވަނީ މިއަހަރުގެ ޖެނުއަރީ މަހުގެ 5 ވަނަ ދުވަހު، އޭނާ އޭނާގެ ބޮޑުދައިތަގެ ގެއަށް ޤުރްއާން ކިޔަވަން ދަނިކޮށެވެ. އޭނާގެ މަރުވެފައި އޮތް ހަށިގަނޑު ފެނުނީ،ގެއްލިގެން ހޯދަމުން ދިޔަތާ ހަތަރު ދުވަސްވީ ފަހުން ކުނިތަކެއްގެ ތެރެއިންނެވެ. އުުމުރުން އެންމެ ހަ އަހަރުގެ އެކުއްޖާ ރޭޕް ކޮށްފަައި ހުރިކަން ޕޯސްޓްމޯޓެމް ރިޕޯޓުން ހާމަވުމާއެކު އޭނާގެ ގާތިލު ހޯދުމުގެ މަސައްކަތް ޕާކިސްތާނުގެ ފުލުހުން ފެށިއެވެ.

ގާތްގަނޑަކަށް 1000 ވަރަކަށް މީހުންގެ ޑީއެންއޭ ޓެސްޓު ހެދުމަށްފަހު، ގާތިލަކީ އިމްރާންކަން ހާމަވުމުން ވަގުތުން އޭނާ ހައްޔަރު ކުރެވުނެވެ. އަދި އެމައްސަލަ އިތުރަށް ތަހުގީގު ކުރުމުން ހާމަވީ އިމްރާންވަނީ، ޒައިނަބްގެ އިތުރުން އިތުރު 7 ކުޑަކުއްޖަކު ރޭޕްކޮށް މަރާފައިކަމެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މަރިޔަމް ވަހީދާ