އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

މަރުގެ ޙުކުމް ބާޠިލު ކޮށްދިނުމަށް އެދި ޒައިނަބުގެ ގާތިލު ހައިކޯޓަށް ހުށަހަޅައިފި

މަރުގެ ޙުކުމް ބާޠިލު ކޮށްދިނުމަށް އެދި ޒައިނަބުގެ ގާތިލު ހައިކޯޓަށް ހުށަހަޅައިފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 47 ސިކުންތު

ޕާކިސްތާނުގެ ކަސޫރް ގައި މިދިޔަ ޖެނުއަރީ މަހުގެ ނުވަ ވަނަ ދުވަހު މަރާލާފައި އޮއްވާ ފެނުނު ޒައިނަބު އަމީން އަންސާރީ ގެ ގާޠިލު އިމްރާން އަލީ ގެ މައްޗަށް، އެޤައުމުގެ އެންޓި ކޮރަޕްޝަން ކޯޓު (އޭސީސީ) އިން ކުރި މަރުގެ ޙުކުމް ބާޠިލު ކޮށްދިނުމަށް ލާހޯރް ހައިކޯޓު (އެލް.އެޗް.ސީ) އަށް ހުށަހަޅައިފިއެވެ.

އިމްރާންގެ ނަމުގައި ޖަލު އޮފިޝަލުންތަކެއް އެހުށަހެޅުން ހައިކޯޓަށް ހުށަހަޅާފައިވަނީ އިއްޔެގެ ވަގުތެއްގައެވެ. އޭނާއަކީ ގާތިލެއް ނޫން ކަމުގައި ވެސް އެހުށަހެޅުމުގައި އޭނާ ބުނެފައިވެއެވެ.

އޭޓީސީ އިން ކޮށްފައިވާ ޙުކުމް އިތުރަށް ބަލާދިނުމަށް އެދެމުން އިމްރާން ބުނެފައިވަނީ، އޭނާގެ ޝަރީޢަތް ހިންގާފައިވަނީ ރަނގަޅަށް ނޫން ކަމަށާއި ޤާނޫނީ ގޮތުން ހިމަނަންޖެހޭ ބައިތައްވެސް އެޝަރީޢަތުގައި ހިމަނާފައި ނުވާ ކަމަށެވެ.

އިމްރާންގެ މައްޗަށް ވަނީ ހަތަރު ކުށަކަށް ޙުކުމް ކޮށްފައެވެ. އެއީ ރަޙީނު ކުރި ކަމުގެ ކުށާއި، ރޭޕް ކުރުމުގެ ކުށާއި، ކުޑަ ކުއްޖަކާއިއެކު ޖިންސީ ގުޅުން ހިންގި ކަމުގެ ކުށާއި ގަސްތުގައި މީހަކު/ކުއްޖަކު މަރާލި ކަމުގެ ކުށެވެ.

އެކުށްތަކަށް އޭނާއަށް އިއްވާފައިވަނީ އުމުރު ދުވަހުގެ ޖަލު ޙުކުމަކާއި އެކު ޖޫރިމަނާގެ ގޮތުގައި އެއް މިލިއަން ރުޕީސް ދެއްކުމާއި ހަތް އަހަރުގެ ޖަލު ހުކުމަކާއި އަދި އިތުރު އެއް މިލިއަން ރުޕީސް ގެ ޖޫރިމަނާ ހުކުމަކާއިއެކު މަރުގެ ޙުކުމެކެވެ. އޭގެ ތެރެއިން އެއް މިލިއަން ރުޕީސް، ޒައިނަބުގެ އާއިލާއަށް ދެވޭނެ ކަމަށް ވެސް އޭޓީސީ ގެ ޙުކުމުގައި ބަޔާން ކޮށްފައިވެއެވެ.

ޒައިނަބު އަށް އެއްވެސް ކަމެއް ކުރިކަމަށާއި މަރާލިކަމަށް މިހާރު އިމްރާން ދެކޮޅު ހަދާ ނަމަވެސް، ކްރައިމް ސްކީނުން ނެގުނު ޑީއެންއޭ ސާމްޕަލް އާއި އޭނާގެ ޑީއެންއޭ އާއި ދިމާވުމުން، އޭނާ ހައްޔަރު ކުރެވުނު ދުވަހު އޭނާވަނީ ކުށަށް އިއުތިރާފު ވެފައެވެ.

ބޮޑުދައިތަގެ ގެއިން ޒައިނަބު ގެއްލިފައިވަނީ ޖެނުއަރީ މަހުގެ ހަތަރު ވަނަ ދުވަހުއެވެ. އަދި ރޭޕްކޮށް މަރާލާފައި އޮއްވާ އެކުއްޖާ ފެނިފައިވަނީ ހަމަ އެމަހުގެ ނުވަ ވަނު ދުވަހު، ކުނިތަކެއްގެ ތެރެއިންނެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މަރިޔަމް ވަހީދާ