އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ވަކީލުންނަށް ގައިދީންނާ ބައްދަލު ކުރެވޭ ގޮތް ބަދަލު ކޮށްފި

ވަކީލުންނަށް ގައިދީންނާ ބައްދަލު ކުރެވޭ ގޮތް ބަދަލު ކޮށްފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 0 މިނެޓް, 46 ސިކުންތު

ވަކީލުންނަށް ފުލުހުންގެ ބަންދުގައި ތިބޭ މީހުންނާއި ބައްދަލުކުރެވުމުގެ އުސޫލަށް ބަދަލުތަކެއް ގެނެސްފިއެވެ.

ފުލުހުންގެ ބަންދުގައި ތިބޭ މީހުންނާ ބައްދަލުކުރުމުގައި އާގޮތްތަކެއް ހަމަޖެއްސީ ވަކީލުންގެ ފުރުސަތު ހޯދާ މިންވަރު އިތުރުވަމުން އަންނާތީވެ އެންމެންނަށް ވެސް ހަމަހަމަ ކަމާއެކު އެފުރުސަތު ދޭން ކަމަށް، ފުލުހުންގެ ކަސްޓޯޑިއަލް ޑިޕާޓްމަންޓުގެ ހެޑް ސުޕްރިންޓެންޑެންޓް އަހުމަދު ނާފިޒު ސޮއި ކުރައްވާ މިއަދު ނެރުނު އެންގުމެއްގައި ބުނެފައިވެއެވެ.

މާދަމާއިން ފެށިގެން މިއުސޫލަށް އަމަލުކުރުމަށް ހަމަޖެހިފައިވާއިރު، މިއުސޫލުގެ ދަށުން ގެނައި އެންމެ ބޮޑު ބަދަލަކީ އާއިލާގެ ސިޓީއަކާއެކު ނޫނީ ވަކީލުންނަށް ގައިދީންނާއި ބައްދަލު ނުކުރެވުމެވެ.

ކުރިން ވަކީލުން އަމިއްލައަށް ބޭނުން ވެގެން ވެސް ގައިދީންނާއި ބައްދަލު ކުރެވުނު ނަމަވެސް، އާ އުސޫލުގެ ދަށުން އެކަން ކުރެވެނީ އެވަކީލަކު ހަމަޖައްސަން ބޭނުން ކަމަށް ބުނެ އާއިލާއިން ފުލުހުންނަށް ސިޓީއެއް ފޮނުވުމުންނެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މަރިޔަމް ވަހީދާ