އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އެމްޕީ އިލްހާމް އާއި ސިނާން ބަންދުގައި ބޭތިއްބީ ޤާނޫނާއި ޚިލާފަށް- ވަކީލުން

އެމްޕީ އިލްހާމް އާއި ސިނާން ބަންދުގައި ބޭތިއްބީ ޤާނޫނާއި ޚިލާފަށް- ވަކީލުން


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 5 ސިކުންތު

ރައްޔިތުންގެ މަޖިލީހުގެ ދަނގެތީ ދާއިރާގެ މެންބަރު އިލްހާމް އަހުމަދު އާއި މައްޗަންގޯޅި ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ސިނާން، ބަންދުގައި ބޭތިއްބުމަށްފަހު ކުއްލި ނުރައްކަލުގެ ހާލަތު ނުނިމެނީސް ބަންދުގެ މުއްދަތު ޖެހުމުން، މިހާތަނަށް އެ ދެ ބޭފުޅުން ތިބީ ފުލުހުންގެ ޣައިރު ޤާނޫނީ ބަންދެއްގައިކަން ސާބިތުވާކަމަށް ވަކީލުން ވިދާޅުވެއްޖެއެވެ.

އެ ދެބޭފުޅުންގެ ބަންދަށް މިއަދު ކްރިމިނަލް ކޯޓުން 15 ދުވަސް ޖަހާފައިވާއިރު، މުއްދަތު ޖެހުމުގެ ޝަރީއަތަށް މެންބަރު އިލްހާމް އާއި ސިނާން ވެސް ހާޒިރު ކޮށްފައިވަނީ ވަކީލަކު ނެތިއެވެ.

އެކަމާ ގުޅިގެން އެ ދެ ބޭފުޅުންގެ ވަކީލުން މިއަދު ނެރުއްވި ނޫސްބަޔާނެއްގައި ވިދާޅުވެފައިވަނީ އިލްހާމް އާއި ސިނާން މިހާ ދުވަހު ބަންދުގައި ބޭތިއްބުމަށްފަހު ކުއްލި ނުރައްކަލުގެ ހާލަތު ނުނިމެނީސް ވަކީލަކާވެސް ނުލާ ކޯޓަސް ހާޒިރުކޮށް ބަންދަށް މުއްދަތު ޖެހުމުން އެނގެނީ، މިހާތަނަށް އެއިން އެއްވެސް ކަމެއް ނުކޮށް އެ ދެ ބޭފުޅުން ބަންދުގައި ބޭތިއްބީ ކޮންމެހެން ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން ނޫން ކަން ޔަގީންވާ ކަމަށެވެ. އެއީ މެންބަރު އިލްހާމް އާއި ސިނާން، ބަންދު ކޮށްގެން ގެންގުޅެފައިވަނީ ޤާނޫނީ އެއްވެސް ހަމައެއް ނެތި ޤާނޫނާއި ޚިލާފަށްކަމަށް، ފުލުހުން ވެފައިވާ އިއުތިރާފެއް ކަމަށް ވެސް ވަކީލުން ވިދާޅުވެފައިވެއެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މަރިޔަމް ވަހީދާ