އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޝަރީއަތް ނިމެންދެން އެމްޕީ ސިނާން ވެސް ބަންދު ކުރަން ކްރިމިނަލް ކޯޓުން އަމުރުކޮށްފި

ޝަރީއަތް ނިމެންދެން އެމްޕީ ސިނާން ވެސް ބަންދު ކުރަން ކްރިމިނަލް ކޯޓުން އަމުރުކޮށްފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 0 މިނެޓް, 49 ސިކުންތު

ޓެރަރިޒަމްގެ ދައުވާ އުފުލާފައިވާ ރައްޔިތުންގެ މަޖިލީހުގެ މައްޗަންގޯޅި ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ސިނާންގެ ޝަރީއަތް ނިމެންދެއް ބަންދު ކުރުމަށް ކްރިމިނަލް ކޯޓުން ނިންމައިފި އެވެ.

ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ގާނޫނީ ވަކީލު ނޫރުއްސަލާމް ވިދާޅުވީ ސިނާންގެ ޝަރީއަތް ނިމެންދެއް ބަންދު ކުރުމަށް ކޯޓުން ނިމްމީ އޭނާއަކީ މުޖުތަމައުގެ ސަލާމަތައް ނުރައްކާވެދާނެތީ އާއި ހެއްކަށް ނުފޫޒު ފޯރުވަފާނެތީ ކަމަށެވެ.

ސިނާން ހައްޔަރު ކުރަން ކްރިމިނަލް ކޯޓުން ކުރިން ނެރުނު ކޯޓު އަމުރުގައި ބުނެފައި ވަނީ ރާއްޖޭގައި ގާނޫނީ ގޮތުން އުފެދިފައިވާ ސަރުކާރެއް ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ވައްޓާލުމަށްޓަކައި ރިޝްވަތުގެ ގޮތުގައި ފައިސާ ހިފައި، ގާނޫނާ ހިލާފަށް ވެރިކަން ވައްޓާލުމަށް ރޭވުމުގައި އަމަލީ ގޮތުން ސިނާން ބައިވެރިވެފައިވާ ކަމަށް ތުހުމަތުކުރެވޭ ކަމަށެވެ.

ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން ސިނާން ހައްޔަރުކުރުމަށްފަހު ކުރިމިނަލް ކޯޓުން ޖެހި 15 ދުވަސް މާދަމާއަށް ހަމަވާނެއެވެ.


Advertisement

ކޮމެންޓް ކުރެއްވުމަށް








މޫސާ ވަހީދު