އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އިލްހާމާ ސުވާލުކުރަނީ ރާއްޖެއިން ބޭރުގަ ފަނޑިޔާރަކާ ބައްދަލުކުރިންތޯ - ޓެރަރިޒަމްގެ ތުހުމަތުގަ ޝަރީއަތް ނިމެންދެން ބަންދު.

އިލްހާމާ ސުވާލުކުރަނީ ރާއްޖެއިން ބޭރުގަ ފަނޑިޔާރަކާ ބައްދަލުކުރިންތޯ - ޓެރަރިޒަމްގެ ތުހުމަތުގަ ޝަރީއަތް ނިމެންދެން ބަންދު.


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 16 ސިކުންތު

ދަނގެތި ދާއިރާގެ މެންބަރު އިލްހާމް އަޙްމަދު އާއި މިމަހުގެ 18 ވަނަ ދުވަހު ސުވާލުކުރީ ރާއްޖެއިން ބޭރުގައި ފަނޑިޔާރަކާއި ބައްދަލުކުރިންތޯ ކަމަށާއި ޝަރީއަތް ނިމެންދެން ބަންދުކުރީ 1 ފެބްރުއަރީގެ "ޓެރަރިޒަމާއި" ގުޅުވައިގެން ކަމަށް ޤާނޫނީ ވަކީލް ނޫރުއްސަލާމް ވިދާޅުވެއްޖެއެވެ.

ނޫރުއްސަލާމް ވިދާޅުވީ ފެބްރުއަރީ މަހުގެ 8 ވަނަ ދުވަހު އިލްހާމް ބަންދުކުރީ މިދިއަ އަހަރުގެ މެއި މަސް ތެރޭ ދެއްކެވި ވާހަކަފުޅަކާއި ގުޅިގެން ކޯޓު އަމުރެއްގެދަށުން ކަމަށެވެ. ނަމަވެސް 18 ވަނަ ދުވަހު ކުއްލިއަކަށް ސުވާލުކުރީ "ރާއްޖެއިން ބޭރުގައި ފަނޑިޔާރަކާއި ބައްދަލުކުރިންތޯ" ކަމަށެވެ.



ނޫރުއްސަލާމް ވިދާޅުވީ ރާއްޖެއިން ބޭރުގައި ނަމަވެސް ފަނޑިޔާރަކާއި ބައްދަލުކުރި ނަމަވެސް އަދި ރިޝްވަތު ދިން ނަމަވެސް އެއީ ޓެރަރިޒަމްގެ އަމަލަކަށް ނުހެދޭނެ ކަމަށާއި އެފަދަ ކަމެއް ވާނީ ރިޝްވަތު ދިނުން ކަމަށެވެ.

ނޫރުއްސަލާމް ވިދާޅުވީ އިލްހާމް ބަންދުގައި ބަހައްޓަން ވަކީލުންގެ ޣައިރު ހާޒިރުގައި ވަނީ ބަންދަށް 15 ދުވަސް ޖަހާފައި ކަމަށާއި އެ މުއްދަތު ހަމަނުވަނީސް ކުއްލިއަކަށް އަވަސް އަރުވާލައިގެން އިތުރު ޝަރީއަތުގެ މަޖިލީހެއް ބާއްވައި ބަންދުގެ މުއްދަތު ޝަރީއަތް ނިމެންދެން ކަމަށް ކަނޑައެޅުމުން ކަންބޮޑުވެވަޑައިގަންނަވާ ކަމަށެވެ.

"ޝަރީއަތްތައް އަވަސް އަރުވާލައިގެން ކުރިއަށް ގެންދިއުމަކީ ﷲ ނަހީ ކުރައްވަވާފައިވާ ކަމެއް. އެއީ ޝައިޠާނީ ޢަމަލެއް." ކަމަށްވެސް ނޫރުއްސަލާމް ވިދާޅުވިއެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް