އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ރާއްޖެއާއި ޕާކިސްތާނުގެ އަސްކަރީ ގުޅުން ވަރުގަދަ ކުރުމަށް ނިންމައިފި

ރާއްޖެއާއި ޕާކިސްތާނުގެ އަސްކަރީ ގުޅުން ވަރުގަދަ ކުރުމަށް ނިންމައިފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 0 މިނެޓް, 55 ސިކުންތު

ދިވެހި ރާއްޖެއާއި ޕާކިސްތާނާއި ދެމެދުގެ އަސްކަރީ ގުޅުން ވަރުގަދަ ކުރުމާއި ގުޅޭގޮތުން މަޝްވަރާކޮށް ނިންމައިފިއެވެ.

މިއަދު ހެނދުނު ޕާކިސްތާނުގެ ޗީފް އޮފް އާރމީ ސްޓާފް ޖެނެރަލް ޤަމަރް ޖާވިދް ބަޖްވާ އާއި ރާއްޖޭގެ ޗީފް އޮފް ޑިފެންސް ފޯން މޭޖަރ ޖެނެރަލް އަހުމަދު ޝިޔާމް ބައްދަލުކޮށް ދެއްކެވި ވާހަކަފުޅުތަކުގައި، ރާއްޖެއާއި ޕާކިސްތާނުގެ އަސްކަރީ ގުޅުން ވަރުގަދަ ކުރުމާއު ބެހޭ ގޮތުން ވަނީ ވާހަކަ ދައްކަވާފައެވެ.

އެމްއެންޑީއެފް އިން މައުލޫމާތު ދީފައިވާ ގޮތުގައި ބަންޑާރަކޮށީގައި ބޭއްވި މިބައްދަލުވުމުގައި ޕާކިސްތާނާއި ދިވެހި ރާއްޖޭގެ އަސްކަރީ ގުޅުން އިތުރަށް ބަދަހި ކުރުމާ ގުޅޭގޮތުން ވަނީ މަޝްވަރާ ކުރައްވާފައެވެ.

މިބައްދަލުވުމުގައި ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއާ ޖެނެރަކް އަހުމަދު ޝާހިދު އާއި އެލެކްޓްރިކަލް އެންޑް މެކޭނިކަލް އިންޖިނިއަރސް ކޮމާންޑަރ ބްރިގޭޑިއަރ ޖެނެރަލް އަލީ ޒުހައިރާއި ކޮލެޖް އޮފް ޑިފެންސް އެންޑް ސެކިއުރިޓޫ ސްޓަޑީސް ކޮމާންޑަރ އަދި މެރިންކޯގެ ކޮމާންޑަރ ބްރިގޭޑިއަރ ޖެނެރަލް ވައިސް ވަހީދު ވަނީ ބައިވެރިވެ ވަޑައިގެންފައިވެއެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މަރިޔަމް ވަހީދާ