އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ނުކުޅެދޭ ދަރިފުޅަށްޓަކައި ދެމަފިރިން އެކުގައި ރަމަޟާން މަހު ކުރި ދުޢާ ދެއަހަރު ފަހުން މުޢުޖިޒާތަކަށް!

ނުކުޅެދޭ ދަރިފުޅަށްޓަކައި ދެމަފިރިން އެކުގައި ރަމަޟާން މަހު ކުރި ދުޢާ ދެއަހަރު ފަހުން މުޢުޖިޒާތަކަށް!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 6 ސިކުންތު

ޕާކިސްތާނުގެ ޕަންޖާބަށް ނިޞްބަތްވާ ސަލީމާ ޚާން އާއި އަޚްތަރަށް ލިބިފައިވާ 13 އަހަރުގެ ފިރިހެން ދަރިފުޅަކީ އުފަންވިއިރު ވެސް މައްސަލަތަކެއް ހުރި ކުއްޖެކެވެ. ނަތީޖާއެއްގެ ގޮތުން ދުވަހަކުވެސް ހިނގައި އުޅެވިފައެއް ނުވެއެވެ. އެންމެ ކުޑަމިނުން ފިރުކެވިފައެއް ނުވެއެވެ.

މީގެ އިތުރުން ކުއްޖާގެ ސިކުނޑި އުމުރާ އެއްވަރަށް ބޮޑުނުވުމުގެ މައްސަލައަކީވެސް ހައްލު ނުކުރެވިފައި އޮތް މައްސަލައެކެވެ. ހުރިހާ ޑޮކްޓަރުންވެސް ބުނަމުން އައީ ކުރެވޭނެ ކަމެއް ނެތް ކަމަށާއި ރަނގަޅަށް ބެލެހެއްޓުން ނޫން ގޮތެއް ނެތް ކަމަށެވެ.

ޑޮކްޓަރުން އެގޮތަށް ބުނަމުން އައި ނަމަވެސް ދެމަފިރިން ދުވަހަކުވެސް އުންމީދު ކަނޑައެއް ނުލައެވެ. ވީހައި ރަނގަޅަކަށް ދަރި ފުޅު ބެލެހެއްޓުމުގެ އިތުރުން އަބަދުވެސް އައީ ދުޢާ ކުރަމުންނެވެ. ދެމަފިރިންނަށް ލިބުނު ވަރަކުން ޞަދަޤާތްކޮށް ހެޔޮ އަމަލުތައް ކުރަމުންނެވެ.

ކުއްޖާގެ އުމުރުން 11 އަހަރުގައި އައި ރަމަޟާންމަހު ދެމަފިރިން އެކުގައި ތިބެގެން ވަރަށް ގިނައިން ﷲ އަށް ދުޢާކުރިއެވެ. ރޯދަ ވީއްލާ ވަގުތުގަ އާއި ދަންވަރު ދެމަފިރިން އެކުގައި ދަމު ނަމާދުކުރުމަށްފަހު ވެސް އައީ ދުޢާކުރަމުންނެވެ. ފަތިސް ނަމާދަށްފަހު ވެސް ނިންމައިލަނީ ދެމަފިރިން އެކުގައި ދުޢާކޮށްފައެވެ.

އެއިގެ އެއް އަހަރު ފަހުން ކުއްޖާގެ އުމުރުން 12 އަހަރުގައި ކުއްޖާއަށް ބަދަލުތަކެއް އަންނަން ފެށިއެވެ. ބާއްވާފައި އޮންނައިރު ކުރާ ހަރަކާތްތައް އިތުރުވާން ފެށިއެވެ. ކޮންމެވެސް ބަހެއް ބުނެވޭތޯ ވެސް މަސައްކަތްކުރަން އުޅޭހެން ހީވާން ފެށިއެވެ.

ކުއްޖާއަށް ބަދަލުތަކެއް އަންނަން ފެށުމުން ޑޮކްޓަރުންނާއި މަޝްވަރާކުރަން ބައްޕަ ބޭނުންވިއެވެ. ނަމަވެސް މަންމަ ބުނީ އެއީ އެއްވެސް ބޭނުމެއް ހުރި ކަމެއް ނޫން ކަމަށާއި ކުރިއަށް ގެންދަންވީ ދުޢާކުރުމާއި ހެޔޮ އަމަލުކުރުން ކަމަށެވެ. އަދި ދަރިފުޅަށް އަންނަ ބަދަލުތައް ސިއްރުކޮށްގެން ތިބޭނީ ކަމަށެވެ.

މިއަހަރުގެ ރަމަޟާން މަހުގެ ފުރަތަމަ ހުކުރު ދުވަހަކީ އަވަށުގެ ގިނަބައަކަށް އިންތިހާއަށް ސިހުން ލިބުނު ދުވަހެކެވެ. އަޚްތަރު އޭނާގެ ދަރިފުޅުގެ އަތުގައި ހިފާލައިގެން ހުކުރަށް ދިއުމުންނެވެ.

އަދިވެސް ކުއްޖާގެ ކިބައިގައި މައްސަލަތަކެއް އެބަހުއްޓެވެ. ނަމަވެސް ހިނގައި އުޅެވެއެވެ. ކޮންމެވެސް ވަރަކަށް ވާހަކަވެސް ދެއްކެއެވެ. އަމިއްލައަށް ކައިބޮއި ހަދައެވެ. ފާޚާނާ ކުރަންވުމުން ބުނަން އެނގެއެވެ.

އަވަށުގެ މީހުންނަށާއި ޑޮކްޓަރުންނަށް މިކަންވެފައިވަނީ މުޢްޖިޒާތަކަށެވެ. އަޚްތަރުމެން ދެމަފިރިންނަށްވެސް މެއެވެ. ދަރިފުޅަށް ދިން ފަރުވާއަކާއި ބެހޭ ގޮތުން ސުވާލުކޮށްފިނަމަ ދެމަފިރިންގެ ވެސް ޖަވާބަކީ މާތް ﷲ އަށް އިތުބާރުކުރުމާއި ދުޢާކުރުންމަތީގައި ދެމިތިބުން ކަމަށެވެ.

- ޕާކިސްތާނުގެ ނޫހެއްގައި ޝާއިއުކޮށްފައިވާ ލިޔުމެއްގެ ޚުލާސާ ތަރުޖަމާއެއް.

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް