އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އިޒްރޭލާ އެއްވެސް ގުޅުމެއް ނެތް - ޖެޓެއް އަންނަން ޖެހޭނެ ސަބަބެއްވެސް ނެތް: ޕާކިސްތާނުގެ ރައީސް

އިޒްރޭލާ އެއްވެސް ގުޅުމެއް ނެތް - ޖެޓެއް އަންނަން ޖެހޭނެ ސަބަބެއްވެސް ނެތް: ޕާކިސްތާނުގެ ރައީސް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 0 މިނެޓް, 55 ސިކުންތު

އިޒްރޭލާ ޕާކިސްތާނާއި ދެމެދު އެއްވެސް ގުޅުމެއް ނެތް ކަމަށާއި އިޒްރޭލުގެ ޖެޓެއް ޕާކިސްތާނަށް އަންނަން ޖެހެންވީ އެއްވެސް ސަބަބެއްވެސް ނެތް ކަމަށް ޕާކިސްތާނުގެ ރައީސް ޢާރިފް ޢަލްވީ ވިދާޅުވެއްޖެއެވެ.

ޕާކިސްތާނުގެ ރައީސް މިމޭރުމުން ވިދާޅުވީ ޓެލްއަވީވުން ފުރައިގެން އައި ޖެޓެއް އިސްލާމް އާބާދުގެ އެއާޕޯޓަށް ޖެއްސި ކަމަށާއި ފުރީ 10 ގަޑިއިރު ފަހުން ކަމަށް ފެތުރިފައިވާ ޚަބަރުތައް ދޮގު ކުރައްވައެވެ.

އޮކްޓޯބަރު މަހުގެ 25 ވަނަ ނޫސްވެރިއަކު ބުނެފައިވަނީ އިޒްރޭލުގެ އޮފިޝަލުން ތަކެއް ގޮވައިގެން އައި ޖެޓެއް އިސްލާމް އާބާދުގެ އެއާޕޯޓަށް ޖެއްސި ކަމަށާއި ފުރީ 10 ގަޑިއިރު ފަހުން ކަމަށެވެ. ނަމަވެސް އެކަމުގެ އެއްވެސް ހެއްކެއް ދެއްކިފައެއް ނުވެއެވެ. އެހެންކަމާއިއެކުވެސް މިކަމުގެ ތަފްޞީލު ބޭނުންވާކަމަށްބުނެ ރައްޔިތުންގެ ގިނަ ބައަކު ގެންދަނީ އަޑު އުފުލަމުންނެވެ.

މިޚަބަރާއި ގުޅިގެން ރައީސް ވިދާޅުވީ އެއީ ހިނގާފައިވާ ކަމެއް ނޫން ކަމަށެވެ. އިޒްރޭލާއި ޕާކިސްތާނާއި ދެމެދުގައި އެއްވެސް ގުޅުމެއް ނެތް ކަމަށާއި އަދި އެއްވެސް ކަމެއްގައި މަޝްވަރާ ކުރަމުން ނުގެންދާ ކަމަށްވެސް ރައީސް ވަނީ ވިދާޅުވެފައެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް