އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ހިތަދޫ އައު ސަހަރާގެ ބިން ސާފުކޮށް ނިމިއްޖެ

ހިތަދޫ އައު ސަހަރާގެ ބިން ސާފުކޮށް ނިމިއްޖެ


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 0 މިނެޓް, 57 ސިކުންތު

އައްޑޫ ސިޓީ ހިތަދޫގައި ހަދަމުންދާ އައު ސަހަރާގެ ބިން ސާފުކޮށް، ލެވެލްކޮށް ވެސް ނިމިއްޖެ ކަމަށް ހައުސިންގ މިނިސްޓްރީން މައުލޫމާތު ދީފިއެވެ.

އެރަށުގެ ބިން ސާފުކޮށް ލެވެލް ކުރުމުގެ މަސައްކަތް ހައުސިންގ މިނިސްޓްރީ އާއި ހަވާލު ކުރެއްވީ އިސްލާމިކް މިނިސްޓްރީންނެވެ.

ބިން ސާފުކޮށް ލެވެލްކޮށް ނިމުން ކަމުގައި ވިޔަސް، އަދި އެބިން ހައުސިންގ މިނިސްޓްރީން އިސްލާމިކް މިނިސްޓްރީ އާއި ހަވާލެއް ނުކުރެއެވެ. އައު ސަހަރާއެއް ހިތަދޫގައި ހެދުމަށް ސާފުކޮށްފައިވާ އެބިން އިސްލާމިކް މިނިސްޓްރީ އާއި ހަވާލުކުރަނީ ހަދަން ޖެހޭ ސާރވޭ އެއް ނިންމުމަށްފަހު ކަމަށް ހައުސިންގ މިނިސްޓްރީ ގެ އެގްޒަކެޓިވް ކޯޑިނޭޓަރު މުޙައްމަދު ޖަމްޝީދު ވިދާޅުވެފައިވެއެވެ.

ޖަމްޝީދު ވިދާޅުވީ އެސާރވޭ ވަރަށް އަވަހަށް ހަދާ ނިމޭނެ ކަމަށެވެ.

މިކަމާއި ގުޅޭގޮތުން އިސްލާމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ ހައުސިންގ މިނިސްޓްރީގެ ޗާރވޭ ނިމުމުން ސަހަރާގެ ވަށާފާރު ރޭނުމުގެ މަސައްކަތް ބަޔަކާ ހަވާލު ކުރެވޭނެ ކަމަށާއި އެހެންނަމަވެސް އެމަސައްކަތް ހަވާލު ކުރާނެ ބަޔަކު އަދި ހަމަޖެހިފައި ނުވާ ކަމަށެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މަރިޔަމް ވަހީދާ