އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އީރާނު ފުނޑާލަން ބައިވެރިވާނެ ޤައުމުތައް ހޯދަން ނަތަޔާންހޫ މޮޔަބޮޑުވެއްޖެ

އީރާނު ފުނޑާލަން ބައިވެރިވާނެ ޤައުމުތައް ހޯދަން ނަތަޔާންހޫ މޮޔަބޮޑުވެއްޖެ


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 0 މިނެޓް, 42 ސިކުންތު

އީރާނު ފުނޑާލަން ބައިވެރިވާނެ ޤައުމުތައް ހޯދަން ނަތަޔާންހޫ ކުރާ މަސައްކަތުގައި މޮޔަ ބޮޑުވެއްޖެއެވެ. އަރަބި ޤައުމުތަކުގެ ވެރިންގެ ބޮލަށް ޗިޕް ޖެހުމަށްފަހު މިހާރު ކުރަނީ އެހެން ޤައުމުތަކުގެ އެހީތެރިކަން ހޯދުމުގެ މަސައްކަތެވެ.

ހުކުރު ދުވަހު ނަތަޔާންހޫގެ ތަރުޖަމާނު ބުނީ އޮސްޓްރޭލިއާ އާއި އިންޑިއާ އަދި އިނގިރޭސި ބޮޑުވަޒީރާއި މިކަމުގައި ނަތަޔާންހޫ މަޝްވަރާކޮށްފައިވާ ކަމަށެވެ. މި އެންމެންނަށްވެސް އީރާނުގައި ހުރި ނިޔުކްލިއަރ ހަތިޔާރާއި ނިޔުކްލިއަރު އުފައްދާ ކާރުޚާނާތަކުގެ މައުލޫމާތު ދީފައިވާ ކަމަށެވެ.

އިޒްރޭލަށް މިހާރު އޮތް ހަމައެކަނި ބިރަކީ އީރާނެވެ. އިރާޤް، ލީބިޔާ، ސީރިޔާ އެވަނީ ފުނޑައިލެވިފައެވެ. އިރާނު ނެތިކޮށްލަން މިހައިތަނަށް ކުރި މަސައްކަތްތައް ފޭލިވެފައިވުމުން މިހާރު ތައްޔާރުވަމުން މިދަނީ އިރާޤް ފުނޑާލަން ޤައުމުތައް ގުޅިގެން ކުރި ފަދަ ހަނގުރާމައެއް އީރާނާއި ދެކޮޅަށް ފަށަންކަމަށް ބެލެވެއެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް