އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ރޯދަ ﷲ ގެ ކުރިފުޅުމަތީގައި ހުރެ ރޯދަވެރިންނަށް ޝަފާއަތްތެރިވާތަން ފެންނާނެ!

ރޯދަ ﷲ ގެ ކުރިފުޅުމަތީގައި ހުރެ ރޯދަވެރިންނަށް ޝަފާއަތްތެރިވާތަން ފެންނާނެ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 54 ސިކުންތު

ޤިޔާމަތް ދުވަހު މާތް ﷲ ހިސާބު ބައްލަވާ ވަގުތު ރޯދަ އާއި ޤްރްއާން އެމީހަކަށްޓަކައި ޝަފާއަތްތެރިވާނެއެވެ. ރޯދަ ދަންނަވާނެތެވެ. "މާތް ﷲ އަށްޓަކައި އަހަރެން ނުކައި ނުބޮއި އަދި ޝަހްވަތްތެރިކަމުން ދުރުވެގެންހުރީމެވެ. އޭނާގެ ފަރާތުން ޝަފާއަތްތެރިވުމަށް، އިނބަ ﷲ ގެ ޙަޟްރަތުގައި އެދި ދެންނެވުމަށް ފުރުޞަތު (ހުއްދަ) ދެއްވަވާނދޭވެ.!"

ރޯދަ ހިފުން މާތް ﷲ ވަނީ މިދުނިޔޭގައި ވެސް މާތް ﷲ އަށް ޚާއްޞަ ކުރައްވަވައިފައެވެ. އެހެންކަމުން މުސްލިމުން މިހިފާފަދައިން އެއްވެސް ދީނެއްގެ މީހުން ރޯދައެއް ނުހިފާނެއެވެ. ނަމަވެސް އެހެން އަޅުކަންތައްތައް ކުރާ ގޮތަށް ތަފާތު ކަންކަން ކުރެއެވެ. މިކަމުން ވެސް ރޯދަ މާތް ﷲ އަށް ޚާއްޞަ ކުރައްވަވާފައިވާ މިންވަރު ވަރަށް ރަނގަޅަށް އެނގިގެންދެއެވެ.

ރޯދަ ހިފޭނީ އިޚްލާޞްތެރިއަކަށެވެ. ހަމައެއާއިއެކު ރޯދަ އެންމެ ބޮޑަށް ދަސްކޮށްދެނީވެސް އިޚްލާޞްތެރިވުމަށެވެ. އިޚްލާޞްތެރިކަމާއި ރޯދަ އާއި ވަނީ ވަރަށް ބޮޑަށް ގުޅި ލާމެހިފައެވެ.

ނިކަން ވިސްނައިލަބަލާށެވެ. ރޯދައަށް މާތް ﷲ ސަވާބު ދެއްވަވާނެ މިންވަރު އެއީ އެއްވެސް ފަރާތަކަށް އެނގިގެންވާ ކަމެއް ނޫނެވެ. އެކަން ދެނެވޮޑިގެންވަނީ ހަމައެކަނި މާތް ﷲ އެވެ. އެހައި ގިނަ ސަވާބާއި ދަރުމަ މާތް ﷲ ދެއްވަވަނީ ރޯދަހިފުމުން މާތް ﷲ އަށް އެއްވެސް މައްފާއެއް ބޭނުންފުޅުވެވޮޑިގަންނަވާތީއެއް ނޫނެވެ. އެކަލާނގެ އީ އެއްވެސް ފަރާތަކުން އެއްވެސް ފަރާތަކުން އެއްވެސް ކަމަކަށް ބޭނުންފުޅުވެވޮޑިގަންނަވާ އިލާހެއް ނޫނެވެ.

"ﷲ އީ، އެންމެހާތަކެތި އެކަލާނގެއަށް ބޭނުންތެރިވެގެންވާ، އަދި އެއްވެސް އެއްޗަކަށް އެކަލާނގެ ބޭނުންވެވޮޑިގެން ނުވާ ރަސްކަލާނގެއެވެ." (2-112)

ރޯދައަށް އެހައި ގިނަ ސަވާބު ދެއްވަވަނީ އިންސާނާ އިޚްލާޞްތެރިކަމާއިއެކު މާތް ﷲ އަށްޓަކައި އެފަދަ ބޮޑު ޤްރްބާނީއެއްވާތީ އިންސާނާގެ އިޚްލާޞްތެރިކަމަށް ހެޔޮ ޖަޒާދެއްވުމަށެވެ. މާތްﷲ އީ އިންސާނާކުރާ ޒައްރެއްގެ މިންވަރުގެ އަމަލަކަށްވެސް ޖަޒާ ނުދެއްވަވައި ދޫކޮށްލައްވަވާނެ އިލާހެއް ނޫނެވެ. ހެޔޮ ކަމަކަށް ހެޔޮ ޖަޒާއެވެ. ނުބައި ކަމަކަށް ނުބައި ޖަޒާއެވެ.

ރޯދަ ހިފާއިރު މިކުރެވެނީ ކިހައިވަރެއްގެ ކަމެއްކަން ރޯދަވެރިޔާއަށް އެނގެން އެބަޖެހެއެވެ. އިޚްލާޞްތެރިކަމެއް ނެތި ރޯދައެއް ނުހިފޭނެކަން އެނގޭއިރު އިޚްލާޞްތެރިކަން އެންމެ ކުރިއަށް ނެރޭށެވެ. މާތް ﷲ ޤަބޫލުފުޅު ކުރައްވަވާނެ ގޮތުގައި ރޯދަ ހިފުމަށްޓަކައެވެ.

- ޝައިޚް ކަރީމް އަބޫ ޒައިދުގެ ދަރުސަކުން -

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް