އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އެހެން ޤައުމުތަކުގަ ތިބޭ ސައުދީ ރައްޔިތުން ރޯދަ ހިފަން ފަށާނެ ދުވަހާ ޢީދުކުރާނެ ދުވަސް އެންގުމަކީ ކުރާ ކަމެއް ނޫން

އެހެން ޤައުމުތަކުގަ ތިބޭ ސައުދީ ރައްޔިތުން ރޯދަ ހިފަން ފަށާނެ ދުވަހާ ޢީދުކުރާނެ ދުވަސް އެންގުމަކީ ކުރާ ކަމެއް ނޫން


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 5 ސިކުންތު

އެހެން ޤައުމުތަކުގަ ތިބޭ ސައުދީ ރައްޔިތުން ރޯދަ ހިފަން ފަށާނެ ދުވަސް ކަނޑައެޅުމާއި ޢީދުކުރާނެ ދުވަސް އެންގުމަކީ ސައުދިޢަރަބިޔާއިން ކުރާ ކަމެއް ނޫން ކަމަށާއި އެފަދަ ކަމެއް ކުރިކަމުގެ މައުލޫމާތު ލިބިފައި ނުވާކަމަށް ސައުދިޢަރަބިޔާގެ އެންމެ ބޮޑެތި ނޫސްތަކުގެ ތެރޭގައި ހިމެނޭ ނޫހެއްގެ އެޑިޓަރު ވިދާޅުވެއްޖެއެވެ.

އޭނާ މިމޭރުމުން ވިދާޅުވީ ލަންކާގައި ތިބި ދިވެހިން 28 ރޯދަ ހިފާފައިވަނިކޮށް އެމީހުން ލައްވައި އިއްޔެ ޢީދުކުރުވުމާއި ގުޅިގެން މިއަދުނޫހުން ކުރި ސުވާލެއްގެ ޖަވާބުގައެވެ.

އެނޫހަށް ލަފާދޭ ދީނީ ޢިލްމުވެރިންނާއި ޙަވާލާ ދެއްވައި އޭނާ ވިދާޅުވީ އިސްލާމީ ޤައުމެއްގައިނަމަ ރޯދަ މަސް ފަށާނެ ދުވަހަކާއި ޢީދުކުރާނެ ދުވަސް ކަނޑައަޅާނީ އެ ޤައުމެއްގެ ސަރުކާރުގެ ކަމާއިބެހޭ އިދާރާއަކުން ކަމަށާއި ސައުދިޢަރަބިޔާގައި އެކަން ކުރަނީ ސްޕްރީމް ކޯޓުން ކަމަށެވެ. އިސްލާމީ ނޫން ޤައުމުތަކުގަ އާއި މަޒުހަބީ ތަފާތުތައް ބޮޑެތި ޤައުމުތަކުގައި ކަނޑައަޅަނީ މުފްތީން ނުވަތަ އެންމެ އިސްކޮށް އިސލާމް ދީނުގެ ކަންކަމުގައި ޙަރަކާތްތެރިވާ ޖަމިއްޔާތަކުން ކަމަށެވެ.

މިކަމާއި ގުޅިގެން ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވއރސިޓީގެ ޗާންސެލަރ އަދި އިސްލާމިކް ސްޓޭޓް މިނިސްޓަރުކަމާއި މިނިސްޓަރުކަންވެސް ކުރައްވާފައިވާ ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު އިއްޔެ ވިދާޅުވެފައިވަނީ ރޯދައިގައި އަމަލު ކުރަން ޖެހޭނީ އެބައަކު ތިބި ތަނެއްގައި ނުވަތަ ބައްރެއްގައި އެ ބައަކު ރޯދަ ހިފަން ފަށައި އެ ގައުމަކާއިއެކު. އަދި އެބައަކު ތިބި ގައުމެއްގެ އޮތޯރިޓީތަކުން ނިންމުމާ އެއްގޮތަށް ކަމަށެވެ.

އަދި ހަނދު މަހެއްގައި އޮންނާނީ 29 ނުވަތަ 30 ދުވަސް ކަމަށް ވާއިރު 28 ރޯދަ ހިފާފައި އީދު ކުރުން ހުއްދަ ނުވާނެ ކަމަށެވެ.

އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒިޔާދު ބާގިރު އިއްޔެ ވިދާޅުވެފައިވަނީ އިސްލާމީ ގައުމުތަކަށް އިއްޔެއަކީ ފިތުރު އީދު ދުވަސް ކަމަށް ވާތީ އިއްޔެ އީދުކުރަން ލަފާދެއްވީ ހަމައެކަނި ސްރީ ލަންކާގައި ދިރިއުޅޭ ދިވެހިންނަށް ކަމަށާއި އީދާ ގުޅޭ ގޮތުން ސްރީ ލަންކާގެ މުސްލިމް ޖަމާއަތްތަކުގެ ދެމެދުގައި ހިޔާލު ތަފާތުވުން އުފެދިފައިވާތީ ގިނަ ދިވެހިން މިނިސްޓްރީއާ ސުވާލު ކުރުމުން ލަންކާގައި ދިރިއުޅޭ ދިވެހިން ވެސް އިއްޔެ އީދުކުރަން އެންގެވީ ކަމަށެވެ.

މިއަދުނޫހުން ދެންނެވި ސުވާލެއްގެ ޖަވާބުގައި ރާއްޖޭގެ ބައެއް ޢިލްމުވެރިން ވިދާޅުވެފައިވަނީ ރާއްޖޭގައި ރޯދަ ހިފާތާ 2 ދުވަސްވީއިރުވެސް ރޯދަ ހިފަން ނުފެށިގެން ކަންބޮޑު ނުވި ބައަކު 28 ރޯދަ ހިފުމަށްފަހު ރާއްޖެ އާއި އެއްގޮތަށް ޢީދު ނުކުރެވިގެން ކަންބޮޑުވިކަމަށްވާނަމަ އެއީ އަދި މާބޮޑަށް ކަންބޮޑުވާންޖެހޭ ކަމެއް ކަމަށެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް







ޙަމީދު 2018-06-16 22:59:06

ރާއްޖޭގެ އިސްލާމިކް މިނިސްޓަރ އަކަށް މިހުރީ ހާދަގަމާރު މީހެކޭދޯ. ޢިލްމެއް, ޙިލްމެއްނެތްމީހެއް. އަޖައިބު ވެއްޖައިން!!!


އަބްދުއްލަތީފް