މިއަދުގެ ރެސިޕީ: ޗިކަން ޗީޒް ރޯލްސް

މިއަދުގެ ރެސިޕީ: ޗިކަން ޗީޒް ރޯލްސް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 8 ސިކުންތު

ބޭނުންވާނެ ތަކެތި:

• ބޯންލެސް ޗިކަން (ކަށިނެތް ކުކުޅު)
• ލޮނު
• އަސޭމިރުސް (މުގުރާފަ)
• ސްޓްރިންގ ޗީޒް (މޮޒަރެއްލާ ޗީޒް ވެސް ބޭނުން ކުރެވިދާނެ)
• ގޮދަން ފުށް
• ބިސް (ރޯލްސްގެ ބޭރުގައި ހާކަން ބޭނުންވާނެ ވަރަށް)
• ފާރޮށި ކުނޑި
• ތެޔޮ

ތައްޔާރު ކުރާނެ ގޮތް:

• އެންމެ ފުރަތަމަ ބޯންލެސް ޗިކަން، ރޯލްސް ހަދަން އޮޅާލެވޭ ގޮތަށް، ފަހަރު ބައެއް މެދުން ކަފާލާށެވެ.
• ދެން ކުކުޅުކޮޅުގެ މަތީގައި ކުޑަ ލޮނުކޮޅަކާއި އަސޭމިރުސް ކޮޅެއް ހާކާލާށެވެ.
• ދެން ސްޓްރިންގ ޗީޒް ނުވަތަ މޮޒަރެއްލާ ޗީޒް ފޮތިފޮތިކޮށް ކޮށާލާފައި، އޭގައި ގޮދަން ފުށް ކޮޅެއް ހާކާލާށެވެ.
• އެއަށްފަހު ޗީޒްކޮޅު ފަހަރަކު ކުކުޅުކޮޅެއްގެ ތެރެއަށްލާފައި ރޯލްސް ހަދާގޮތަށް އޮޅާލާށެވެ.
• ދެން އެހެން ތައްޓަކަށް ބިސް ތުއްވާފައި، އެންމެ ފުރަތަމަ ޗީޒްއެޅި ކުކުޅުކޮޅުގެ ބޭރުގައި ގޮދަން ފުށް ހާކާށެވެ. އެއަށްފަހު އޭގެ ބޭރުގައި ބިސް ހޭކުމަށްފަހު، ފާރޮށި ކުނޑި ވެސް ހާކާށެވެ.
• ތަވާއަކަށް ތެޔޮ އެޅުމަށްފަހު ފާރޮށިކުނޑި ހޭކުނު ކުކުޅުކޮޅު ތެއްލާލާށެވެ. ޗިކަން ޗީޒް ރޯލް ތައްޔާރުވީއެވެ.

މިއީ ޗިކަން އެންޑް ޗިޕްސް ގެ ބަދަލުގައި, ފްރެންޗް ފްރައީސް އާއިއެކު ކާލަން މީރު ކެއުމެކެވެ.

އާރޓިކަލް ރޭޓްކުރައްވާ


100%
ވ.ރަނގަޅު
0%
ރަނގަޅު
0%
އޯކޭ
0%
ކަމަކުނުދޭ

Advertisement

ކޮމެންޓް ކުރެއްވުމަށް
މަރިޔަމް ވަހީދާ