ޖަލަށް މަސްތުވާތަކެތި ވެއްދި ކަމަށް ތުހުމަތު ކުރެވޭ އޮފިސަރަކު ވަޒީފާއިން ވަކި ކުރަނީ

ޖަލަށް މަސްތުވާތަކެތި ވެއްދި ކަމަށް ތުހުމަތު ކުރެވޭ އޮފިސަރަކު ވަޒީފާއިން ވަކި ކުރަނީ


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 1 ސިކުންތު

ޖަލުގައި ބަންދު ކޮށްފައި ތިބި ގައިދީންނަށް މަސްތުވާތަކެއްޗާއި ޖަލަށް ވެއްދުން މަނާ ތަކެތި ފޯރުކޮށްދިން ކަމުގެ ތުހުމަތުގައި އިއްޔެ ފުލުހުން ހައްޔަރު ކުރި ކަރެކްޝަންސް ސަރވިސަސް ގެ އޮފިސަރު ވަޒީފާއިން ވަކި ކުރަން ނިންމައިފިއެވެ.

މިކަމުގެ ތުހުމަތުގައި ފުލުހުން ހައްޔަރު ކޮށްފައިވަނީ ކަރެކްޝަންސް ސަރވިސަސްގެ ސްޓާފް ސާޖެންޓް ރޭންކުގެ ފިރިހެން އޮފިސަރެއް ކަމަށް މައުލޫމާތު ލިބިފައިވެއެވެ.

ފުލުހުންނާއި ކަރެކްޝަންސް އިން ހިންގި އޮޕަރޭޝަނެއްގައި ފުލުހުން ހައްޔަރުކުރި އެ އޮފިސަރަކީ، ކަރެކްޝަންސް ގެ އޮފިސަރުންނަށް ވެސް މީގެ ކުރިން ޝައްކު ކުރެވިގެން ފާރަލައި ސުވާލުކޮށްފައިވާ މީހެއްކަމަށް މައުލޫމާތު ލިބިފައިވެއެވެ. އެނގިފައިވާ ގޮތުގައި ފުލުހުން އޭނާ އަތުލައިގަތީ ގިނަ ދުވަސްތަކެއް ވަންދެން އޭނާއަށް ފާރަލައިގެންނެވެ.

މަސްތުވާތަކެއްޗަށް ޓެސްޓު ކުރުމަށް އޭނާގެ ކުޑަކަމުދާތަކެތި ޓެސްޓު ކުރިއިރު އޭނާވަނީ މަސްތުވާތަކެއްޗަށް ޕޮޒިޓިވް ވެފައެވެ. ފުލުހުން އެއޮފިސަރު ހައްޔަރުކުރިއިރު އޭނާގެ އަތުން 18،000 އަށްވުރެ ގިނަ ރުފިޔާ ފެނިފައިވެއެވެ.

މިމައްސަލައާއި ގުޅިގެން ކަރެކްޝަންސް ސަރވިސަސްގެ މީޑިއާ އޮފިޝަލް "މިއަދުނޫހަށް" މައުލޫމާތު ދެއްވަމުން ވިދާޅުވީ މިއީ "ހިނގާފައިވާ ކަމެއް" ކަމަށާއި މިކަމާއި ގުޅިގެން އެއޮފިސަރު "ވަޒީފާއިން ވަކި ކުރާނެ" ކަމަށެވެ.

އާރޓިކަލް ރޭޓްކުރައްވާ


0%
ވ.ރަނގަޅު
0%
ރަނގަޅު
0%
އޯކޭ
0%
ކަމަކުނުދޭ

Advertisement

ކޮމެންޓް ކުރެއްވުމަށް








މަރިޔަމް ވަހީދާ