ލ. އަތޮޅުގެ ބައެއް ސަރަހައްދުތަކަށް ބިންހެލުމެއް އަތުވެއްޖެ
ލ. އަތޮޅުގެ ބައެއް ސަރަހައްދުތަކަށް ބިންހެލުމެއް އަތުވެއްޖެ
އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 0 މިނެޓް, 47 ސިކުންތު
ލ. އަތޮޅުގެ ބައެއް ސަރަހައްދުތަކަށް ބިންހެލުމެއް އަތުވެއްޖެއެވެ.
މާންދޫގައި ހިންގާ ހޮރައިޒަން ފިޝަރީޒްގެ އިސް ބޭފުޅަކު ވިދާޅުވީ އެ ސަރަހައްދަށް ބިންހަލުން އައީ 03:11 ހާއިރު ކަމަށާއި ދިގުލައި ދިއައީ ވަރަށް ކުޑަ ވަގުތުކޮޅަކަށް ކަމަށެވެ.
"ފުރާޅުގެ ޓިނުތައް ގުޑި. އޮފީސް މޭޒުމަތީގައި ހުރި ކޮމްޕިޔުޓަރު ފަދަ ތަކެތި ގުޑި. ފެކްޓަރީގެ ހުރިހާ ބައިތަކަށް ވެސް އަސަރު ކުރި. ހުރިހާ ބައިތަކެއްގައި މަސައްކަތްކުރާ މުވައްޒިފުންވެސް ބޭރަށް ނުކުތް." ކަމަށް އޮފިޝަލް ވިދާޅުވިއެވެ.
ދާދިފަހުން ވަނީ ބިންހެލުމެއްގެ އަސަރު ޅ. އަތޮޅަށްވެސް ކޮށްފައެވެ. ރާއްޖެއަކީ ބިންހެލުން ގިނަ ޤައުމެއް ނޫނެވެ. ނަމަވެސް ފަހަކަށް އައިސް ޤްދްރަތީ ކާރިސާތައް ދަނީ އިތުރުވަމުންނެވެ.
މީޓިއޮރޮލޮޖީން ބުނީ އެއީ ބިންހެލުމެއް ނޫން ކަމަށާއި ލ. އަތޮޅު ސަރަހައްދަށް އެރި ލޮޅުމެއް ކަމަށެވެ. ބިންހެލުމެއް އައިކަން އެނގެން ނެތް ކަމަށެވެ.
ޚަބަރާއިގުޅޭ އިތުރު ލިޔުންތައް
އަބްދުއްލަތީފް
13 ޖޫން 2018