އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އަނިބިދަރިން، އުޚުތުން ހިލޭ ފިރިހެނުންނާއިއެކު އުޅުމުގެ މިނިވަންކަން ދިނުމަކީ ދައްޔޫސުން ކުރާ ކަމެއް: ޝައިޚް ސަމީރު

އަނިބިދަރިން، އުޚުތުން ހިލޭ ފިރިހެނުންނާއިއެކު އުޅުމުގެ މިނިވަންކަން ދިނުމަކީ ދައްޔޫސުން ކުރާ ކަމެއް: ޝައިޚް ސަމީރު


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 12 ސިކުންތު

މަޙްރަމަކު ނެތި ދުރުދަތުރުތަކަށް އަންހެނުން ފޮނުވުމަކީ ﷲ ތަޢާލާ ލޯބިފުޅުކުރައްވަވާ ކަމެއް ނޫނެވެ. ނަމަވެސް އަޅުގަނޑުމެންގެ ތެރެއިން ހިމެނޭ ފިރިނުންނަށް އެމީހުންގެ އަނބިން ދުރުތަރުތަކަށް އެކަނި ފޮނުވުމަކީ މާބޮޑުކަމެއް ނޫނެވެ.

އެއިގެ މާނައަކީ އޭނާގެ ޣީރަތްތެރިތެރިކަން މަރުވެފައި އޮތުމެވެ. ނަމަވެސް ﷲ ތަޢާލާ ޣީރަތްތެރިވެވޮޑިގެންވާތީ އެކަން ނުކުރުމަށް އަންގަވާފައިވާއިރުވެސްމެއެވެ. އަންހެނުން އެކަނި ދަތުރުން ﷲ ތާޢާލާ ވަނީ ޙަރާމް ކުރައްވަވާފައެވެ. ނަމަވެސް އިންސާނާގެ ކިބައިގައި ޣީރަތްތެރިކަމެއް ނެތުމުން އެކަމަށް އަޅައިނުލަނީއެވެ. އަނބިމީހާގެ އިތުބާރު އެބައޮތް ކަމަށްބުނެ ދޫކޮށްލަނީއެވެ. އޮފީހުގައި އުޅޭ މީހުންނާއިއެކު ބޭރު ޤައުމުތަކަށްވެސް ދާންވީއެވެ. ދާނެ ތަނަކަށް ދާންވީއެވެ.

އެފަދަ ފިރިހެނުން އެވަނީ ދައްޔޫސަކަށްވެފައެވެ. "އަނބިން ގޮވައިގެން ތަންތަނަށް ދެވެން ނެތުމުން ރައްޓެހިންނަށް ގުޅާފައި އަނބިމީހާ މިވެނި ތަނަކަށް ގެންގޮސް ދިނުމަށްވެސް އެބަ ބުނެއެވެ. ކޮބައިތޯ ޣީރަތްތެރިކަން؟ އިންސާނާގެ ކިބައިގައި ޣީރަތްތެރިކަން ނެތުމުން މިފަދަ ކަންކަން މިކުރަނީ. އޭނާގެ އަންހެނުން އޭނާގެ ދަރިން އޭނާގެ އުޚުތުން ހިލޭ ފިރިހެނުންނާއިއެކު ޗެޓްކޮށް ކަންކަން ކުރަން ދޫކޮށްލާ. އެއީ އެމީހުންގެ ކިބައިގައި ދައްޔޫސްކަން ހުރުމުން. ސައިކަލް ބުރުޖަހަން ދޫކޮށްލާ. އެއީ އޭނާގެ ހިތުގައި ޣީރަތްތެރިކަމުގެ ސިފަނެތުމުން ކުރާ ކަންކަން."

އެންމެ ބޮޑު އެއް ހިތާމައަކީ ފާހިޝް އަމަލުތައް ކުރާ މީހުން އެމީހުންގެ ކުރާ އަމަލުތައް މާދަމާ އެމީހުންނާއި ދިމާއަށް އަނބުރާ ފޮނުއްވަވައިފާނެކަމުގެ ބިރު ނެތުމެވެ. މިހެން މިވަނީ ފިރިންނާއި ބައްޕައިންގެ އަދި ބެލެނިވެރިންގެ ކިބައިގައި ޣީރަތްތެރިކަން ނެތުމުންނެވެ. އެންމެންނަކީ ވެސް ފާހިޝް އަމަލުތައް ކުރާ މީހުން ކަމުގައިވުމުންނެވެ.

އެންމެންގެ ކިބައިން ޣީރަތްތެރިކަން ފިލައި ދިއަ ނަމަވެސް، އެންމެން ދައްޔޫސުންނަށް ވީނަމަވެސް ﷲ ތަޢާލާ ޣީރަތްތެރިވެވޮޑިގަންނަވާނެއެވެ. އެކަމުގެ އުޤޫބާތާއި އެމީހަކު ކުރިމަތިލާންޖެހޭނެއެވެ.

އިންސާނުންނަށް ކުރެވޭ ކަންކަން އިންސާނުންގެ ހަނދާނުން ފިލައިގެން ހިނގައިދާނެއެވެ. ނަމަވެސް ﷲ ތަޢާލާ ވަނީ ފަތުގައި ލިޔެ އެހުރިހާ ކަމެއް ރައްކައުތެރި ކުރައްވަވައިފައެވެ.

މީހުންގެ އަނބިންނާއިއެކު ފާހިޝް އަމަލުތައް ހިންގުން ފަދަ އަމަލުތައް ކުރާ މީހުންނަށް މުޞީބާތުގެ ގޮތުގައި ހަމަ އެފަދަ އަމަލުތައް އެމީހެއްގެ ޢާއިލާއަށް، އެމީހަކަށް ކުރިމަތިކުރައްވަވައެވެ. އެއީ އެކަމުގެ ހިތިކަން އެމީހަކަށް މިދުނިޔޭގައި ވެސް އިހްސާސްވިޔަ ދެއްވުމަށެވެ.

(ޣީރަތްތެރިކަމަކީ ފާހިޝް އަމަލުތަކާއި އެފަދަ ކަމަކަށް މަގުފަހިވެދާނެ ކޮންމެ ކަމަކުން އަނބިން، ދަރިން، އުޚުތުން ހިމާޔަތްކޮށް ރައްކައުތެރިކުރުމެވެ.)

- އައްޝައިޚް އަހްމަދު ސަމީރުގެ ދަރުސަކުން -

- ދަރުސްގެ ވީޑިއޯ:

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް