އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

މަރުމަތީގަ ހިނިތުންވެވޭނެ މަގު- އެކުވެރިންނަށްވެސް ފުރުޞަތު ހޯއްދަވައިދެއްވަން ޝެއާކޮށްލައްވާ!

މަރުމަތީގަ ހިނިތުންވެވޭނެ މަގު- އެކުވެރިންނަށްވެސް ފުރުޞަތު ހޯއްދަވައިދެއްވަން ޝެއާކޮށްލައްވާ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 43 ސިކުންތު

ތިމާ ލޯބިވާ މީހަކު، ޢާއިލާގެ މީހަކު، އަދި ގާތް އެކުވެރިއެއް ނަމަވެސް މަރުވެއްޖެ ކަމުގެ ޚަބަރު ލިބުމާއިއެކު ކޮންމެ މީހަކަށްވެސް ކުއްލި ސިޙުމެއް ލިބިގެންދާނެއެވެ! ޙައިރާންވެވޭނެއެވެ! ދެރަވެ ހިތާމަވެސް ކުރެވޭނެއެވެ.

އެކަކަމު ބުނަންހެއްޔެވެ؟ އެއަށްވުރެ މާބޮޑު ކުއްލި ސިހުމެއް ލިބޭނެ ވަޤުތު އޮތީ ކުރިމަތީގައެވެ. އެއީ އެމީހެއްގެ މަރުހިއްޕަވަން ވަދައިގަންނަވާ މަލާއިކަތުން ލޮލަށް ފެންނަ ވަޤުތެވެ. އެވަޤުތު ޖެހުމުން އިތުރަށް އެއްވެސް ކަމެއް ނުކުރެވޭނެއެވެ. އެންމެ ހެޔޮ ޢަމަލެއް ކޮށްލާނެ ވަޤުތެއްވެސް ނުލިބޭނެއެވެ. އެހިސާބުން މީހާގެ އަމިއްލަ އިޚްތިޔާރާ އެއްވެސް ޢަމަލެއް ކުރުމުގެ ފުރުޞަތު ފްރީޒްވެ ނިމުނީއެވެ. ހަމައެއްވެސް ކަމެއް އިތުރަކަށް ނުކުރެވޭނެއެވެ.

ލޮބުވެތި އެކުވެރިންނޭވެ! ހެޔޮލަފާކޮށް ދުނިޔޭގައި އުޅޭ ބައެއް މީހުންގެ އަޖަލު (މަރު) އެމީހަކާއި ބައްދަލުވުން ކައިރިވެގެން އަންނައިރު ބޭއިޚްތިޔާރުގައި ނަމަވެސް ކަންތައްތަކެއް ކުރެވެއެވެ. އެގޮތުން އެކިއެކި ކަންކަމަށް ވަޞިއްޔަތްވެސް ކުރެވެއެވެ. އަދި އެއްވެސް މީހެއްގެ ކިބައިން މާފުހޯދަންޖެހޭވަރުގެ ކަމެއް ކުރެވިފައިވާނަމަ މާފަށްވެސް އެދވެއެވެ. ހެޔޮ ޢަމަލުކުރުންވެސް ގިނަކުރެވެއެވެ. އެއީ އެއްވެސް ޙާލެއްގައި އެމީހުން މަރުވާން އުޅޭކަމާއި މަރުވާނެ ވަޤުތު އެނގިގެނެއް ނޫނެވެ. އެއީ އެމީހުން ކުރިން އުޅެފައިވާ ގޮތުން އެމީހުންނަށް ﷲ ތަޢާލާ ލައްވަވާ ބޮޑު ރަޙްމަތެއް ކަމުގައި ބެލެވެއެވެ. ހެޔޮ ޢަމަލުތައްކޮށް މަރަށް ތައްޔާރުވަމުން އައީތީއެވެ.

އެފަދައިން ޢަމަލުކުރެވޭ މީހަކަށްވެސް މަރުގެ މަލާއިކަތުން ފެނުމުން ދާނީ ހަމަ ސިއްސައިގެންނެވެ. ލިބޭނީ ކުއްލި ސިހުމެކެވެ. އެހެނަސް މަރުގެ މަލާއިކަތުން ފެނުމުން ހިނިތުންވެވޭނެ ބައަކު ތިބޭނެއެވެ. އެއީ މަރަށް ތައްޔާރުވެގެން ތިބޭ މީހުންނަށް ދެއްވަވާ ނިޢުމަތެކެވެ. އޭނާއަށް އެހިނިތުންވެވެނީ އެމަލާއިކަތުން އޭނާއަށް ދެއްވަވާ އުފާވެރިކަމުގެ ޚަބަރުންކަމުގައިވުމަކީ ވަރަށް އެކަށީގެންވާ ކަމެކެވެ. ނަމަވެސް އެކަން މޮޅަށް ދެނެވޮޑިގެންވަނީ ﷲ ތަޢާލާއެވެ.

ކޮންމެ މީހަކުވެސް ގަދައަޅައި މަސައްކަތްކުރަންވީ މަރުގެ މަލާއިކަތުން ފެނުމުން އުފަލާއިއެކު އެބޭކަލުންނާއި އިސްތިޤްބާލުކުރެވޭނެ މީހަކަށްވެވޭތޯއެވެ. އެކަން ޙާޞިލްކުރެވޭނެ ހަމައެކަނި ގޮތަކީ ޙަޔާތުގެ ވަޤުތުތައް ބޭކާރުކޮށްނުލައި މަރަށް ތައްޔާރުވާން މަސައްކަތްކުރުންމަތީގައި ދެމިހުރުމެވެ!

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް