އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އަންހެނެއްގެ ކުރިމަތިފަރާތުން ވައި ބޭރުވެއްޖެނަމަ ވުޟޫގެއްލޭނެތަ؟

އަންހެނެއްގެ ކުރިމަތިފަރާތުން ވައި ބޭރުވެއްޖެނަމަ ވުޟޫގެއްލޭނެތަ؟


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 46 ސިކުންތު

ބައެއް އަންހެނުންގެ ކުރިމަތިފަރާތުން އެކި މިންވަރަށް ވައިބޭރުވެއެވެ. އެކަން އެހެންވުމުން ވުޟޫ ގެއްލޭނެތޯ ކުރެވޭ ސުވާލުގެ ޖަވާބުގައި ދަންނަވަން އޮތީ ސުޢޫދީ ޢަރަބިއްޔާގެ ފަތުވާދޭ ދާއިމީ ކޮމިޓީން ނިންމާފައިވަނީ އަންހެނާގެ ފަރުޖުން(ކުރިމަތީ ފަރާތުން) ވައި ނުކުތުމަކީ ވުޟޫ ގެއްލޭ ކަމެއް ނޫންކަމަށެވެ. والله تعالى أعلم

އެހެނީ އެއީ އޭނާއަށް ޖެހިފައިވާ ބައްޔެއްގެ ސަބަބުން މެދުވެރިވާ ކަމެކެވެ އަންހެނުންގެވެސް ފިރިހެނުންގެ ވެސް ވުޟޫ ގެއްލޭނީ ފުރަގަސްފަރާތުދޮރުން ވައިބޭރުވެއްޖެ ނަމައެވެ. ބަނޑުގައި އާދައާ ޚިލާފަށް ގޭސްހެދިގެން ނުވަތަ އެނޫންވެސް އެފަދަ ބައްޔެއްގެ ސަބަބުން ގިނަގިނައިން ވައިބޭރުވާނަމަ ކޮންމެ ނަމާދަކަށްވެސް ވުޟޫކުރާނީއެވެ. އެޙާލަތުގައިވާ މީހާ ވުޟޫކުރާފަހުން ނަމާދުނުނިމެނީސް ވައިބޭރުވިނަމަވެސް ނަމާދުކުރެވޭނެއެވެ.

ގުޅުންހުރި ލިޔުން:

https://islamqa.info/ar/answers/2175/%D8%AE%D8%B1%D9%88%D8%AC-%D8%A7%D9%84%D8%B1%D9%8A%D8%AD-%D9%85%D9%86-%D9%82%D8%A8%D9%84-%D8%A7%D9%84%D9%85%D8%B1%D8%A7%D8%A9

 

ގުޅުންހުރި ލިޔުން 2:

https://www.aliftaa.jo/QuestionEn.aspx?QuestionId=324#.YpJ3u6hBwhU

 

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް