އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އިޒްރޭލު ސިފައިން ފަލަސްތީނުގެ އަންހެން ނޫސްވެރިއަކު، އޭނާގެ ދަރިން ކުރިމަތީގައި ހައްޔަރު ކޮށްފި

އިޒްރޭލު ސިފައިން ފަލަސްތީނުގެ އަންހެން ނޫސްވެރިއަކު، އޭނާގެ ދަރިން ކުރިމަތީގައި ހައްޔަރު ކޮށްފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 4 ސިކުންތު

އިޒްރޭލު ސިފައިން ފަލަސްތީނުގެ އަންހެން ނޫސްވެރިއަކު، އޭނާގެ ދަރިން ކުރިމަތީގައި ހިބްރޫން އިން ހައްޔަރު ކޮށްގެން ގެންގޮސްފިއެވެ.

ފަސް ކުދިންގެ މަންމައެއް ކަމަށްވާ ލަމާ ޚާތޭރް ހައްޔަރު ކޮށްގެން ގެންގޮސްފައިވަނީ، ރޭ ދަންވަރުގެ ވަގުތެއްގައި އޭނާގެ ގެއަށް އިޒްރޭލު ސިފައިން ގަދަބާރުން ވަދެއެވެ.

ލަމާ ހައްޔަރު ކޮށްގެން ގެންދިޔައިރު، އޭނާގެ އެންމެ ހަގު ކުއްޖާ ކަމުގައިވާ އުމުރުން އެންމެ ދެ އަހަރުގެ ޔަހްޔާ ލަމާގެ ފަހަތުން ދޮރާއި ހަމައަށް ދިޔައެވެ. ގެއިން ނިކުންނަމުން ޔަހްޔާ ގައިގާ ލޯބިން ބައްދާލުމަށްފަހު ދެން ތިބި ދަރިން ގާތު އެކަކު އަނެކަކަށް ރަނގަޅަށް ބެލުމަށާއި ވަރަށް އަވަހަށް އެކުދިން ކައިރިއަށް އެނބުރި އަންނާނެ ކަމަށް ލަމާ ބުންޏެވެ.

އިޒްރޭލުގެ 25 ސިފައިން ލަމާގެ ގެއަށް ދިޔަ ކަމަށް މައުލޫމާތު ލިބޭއިރު، އޭނާ ޖިޕަށް އަރުވައިގެން ގެންދިޔައިރު ކުޑަކުޑަ ޔަހުޔާ ރުއި ކަމަށް ވެސް މައުލޫމާތު ލިބެއެވެ.

ލަމާ ގެ ހާލަތު މުޅި ދުނިޔެއަށް އަންގައިދެމުން އޭނާގެ ދޮށްޓައްހުރި އެއް ދަރި ކަމުގައިވާ ބީސަން ބުނެފައިވަނީ، ލަމާއާއިމެދު އިޒްރޭލު ސިފައިން އަނިޔާވެރިވާ ކަމަށާއި މަލާމާތް ކުރުމުގެ އިތުރުން ލަމާ ހުންނަނީ ޖަލުގައި ހުންނަ ގޮނޑިއަކާލާ ބިޑިއަޅުވާފައި ކަމަށެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މަރިޔަމް ވަހީދާ