އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ލ. މާމެންދޫ ކަނު އަނދިރިއަށް!

ލ. މާމެންދޫ ކަނު އަނދިރިއަށް!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 11 ސިކުންތު

ލ. މާމެންދޫ އަށް ކަރަންޓް ނުދެވި، ގަޑިއަކު ރަށުގެ ފަޅިއަކަށް ކަރަންޓް ދެމުން ގެންދާތީ ރައްޔިތުން ނުކުމެ މިރޭ ކުރި މުޒާހަރާ އާއި ގުޅިގެން ރަށުން އެކުގައި ކަރަންޓް ކަނޑާލައިފިއެވެ.



ރައްޔިތުން ބުނަމުން ގެންދިއައީ ގަޑިއަކު އެއްފަހަރު ކަރަންޓް ކެނޑުމުން އެމީހުން ބޭނުންކުރާ ކަރަންޓް ވަސީލަތްތަކަށް ވަރަށް ބޮޑަށް ގެއްލުންވަމުން އަންނަ ކަމަށެވެ. އެގޮތަށް ކަރަންޓް ދިނުމުން ލިބޭ ފަސޭހައަށްވުރެ ލިބޭ ގެއްލުން މާބޮޑު ކަމަށެވެ.



ރަށުން ވާހަކަ ދެއްކި މީހަކު ބުނީ މިރޭ 9:45 ހައިއިރުން ފެށިގެން ވަނީ ފެނަކައިން ހިންގަމުން އައި ކުޑަ ޖެނެރޭޓަރު ނިއްވާލައި އެކުގައި ރަށުން ކަރަންޓް ކަނޑާލާފައި ކަމަށެވެ.

ކޮންމެ ރަށަކަށް 24 ގަޑިއިރު ކަރަންޓްގެ ޚިދުމަތް ފޯރުކޮށްދިނުމަކީ ރައީސް ޢަބްދުﷲ ޔާމީންގެ ރިޔާސީ ވައުދެކެވެ. ވައުދު ފުއްދުމަށް ފެނަކަ ގެ ނަމުގައި ކުންފުންޏެއް އުފައްދައި އެކުންފުނިން ވަނީ ބޮޑެތި އިންވެސްޓްމަންޓް ތަކެއްވެސް ކޮށްފައެވެ. އެހެންކަމާއިއެކުވެސް ދޭތެރެއަކުން ކޮންމެވެސް ރަށަކަށް މިފަދަ މައްސަލަތައް ދަނީ ކުރިމަތިވަމުންނެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް