އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

2 ގަޑިން 1 ގަޑީގަ ކަރަންޓް ބޭނުން ނޫން ކަމަށްބުނެ ލ. މާމެންދޫ ރައްޔިތުން މުޒާހަރާކުރަން ފަށައިފި

2 ގަޑިން 1 ގަޑީގަ ކަރަންޓް ބޭނުން ނޫން ކަމަށްބުނެ ލ. މާމެންދޫ ރައްޔިތުން މުޒާހަރާކުރަން ފަށައިފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 41 ސިކުންތު

ކޮންމެ 2 ގަޑިއިރުން 1 ގަޑއިރު ކަރަންޓް ބޭނުން ނޫން ކަމަށްބުނެ ލ. މާމެންދޫ ރައްޔިތުން މުޒާހަރާކުރަމުން އެބަގެންދެއެވެ.

ރަށުން ވާހަކަ ދެއްކި މީހަކު ބުނީ ރަށް ދެފަޅިއަށް ފަޅައި ކޮންމެ ފަޅިއަކަށް 1 ގަޑިއރަށް ކަރަންޓް ދެމުން ގެންދާތާ 2 ދުވަސް ވެއްޖެ ކަމަށާއި ގަޑިއަކު އެއްފަހަރު ކަރަންޓް ކަނޑާތީ އެކަމުގެ ސަބަބުން ރައްޔިތުން ބޭނުންކުރާ ގިނަ އަދަދެއްގެ ކަރަންޓް ސާމާނު މިހާރުވެސް ހަލާކުވެފައިވާ ކަމަށެވެ.



"ފެނަކަގެ މުވައްޒިފުން ބުނަނީ ސްޕެއާއަށް އޯޑަރުކޮށްފައިވާ ކަމަށާއި ލިބޭނެ ވަކި ދުވަހެއް ޔަޤީން ނޫން ކަމަށް. 15 ދުވަސްވެސް ވެދާނެ ކަމަށް. މިކަމަށް ހައްލެއް ގެނުވޭނެ އިތުރު ގޮތެއް ނެތް ކަމަށް. ރައްޔިތުން އެދެނީ މައްސަލަ ހައްލުވަންދެން ކަރަންޓްގެ ޚިދުމަތް މެދުކަނޑާލަން. ނުވާވަރުން ކުރަން އުޅުނީމާ ރައްޔިތުންނަށް ލިބޭ ގެއްލުން މާބޮޑުކަމަށް."



ރައްޔިތުންގެ ފަރާތުން ވާހަކަ ދެއްކި މީހަކު ބުނީ މިއީ ކުއްލިއަކަށް ކުރިމަތިވި ކަމެއް ނޫންކަމަށާއި ޖެނެރޭޓަރު އޯވަރހޯލް ނުކޮށް ގިނަ ދުވަސްތަކެއް ދިއުމުން ކުރިމަތިވި މައްސަލައެއް ކަމަށެވެ. އަދި މިކަމުގެ ޒިންމާ އުފުލަން ފެނަކައަށް ޖެހޭނެ ކަމަށެވެ.

މާމެންދޫ ފެނަކަ އިސް މުވައްޒިފަކު ބުނީ މައްސަލަ ޖެހިގެން އުޅެނީ 400 ކޭވީގެ ބޮޑު ޖެނެރޭޓަރަށް ކަމަށެވެ. "އިންޖެކްޓަރުތައް ހަލާކުވެގެން މިއުޅެނީ. ވީމާ ކަރަންޓް މައްސަލަ ހައްލުކޮށް ދެވޭނެ ވަކި ދުވަހެއް ބުނާކަށް ނޭނގެ."

މާމެންދޫއަކީ ފުނަދޫ ދާއިރާގައި ހިމެނޭ ރަށެކެވެ. އެހެންކަމުން މަޖިލިސް މެންބަރަކީ ޢަބްދުއްރަހީމް ޢަބްދުﷲ (އަދުރޭ) އެވެ. ރަށުގެ 3 ކައުންސިލަރުންނަކީ އެމްޑީޕީގެ މެންބަރުން ކަމަށްވާތީ މިބާވަތުގެ މައްސަލަތަކުގައި ރައްޔިތުންނަށް ދަނީ މައްސަލަތައް ކުރިމަތިވަމުންނެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް