އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ލ. މާމެންދޫގަ 2009 ވަނަ އަހަރުން ފަށައިގެން މެންބަރު އަޅައިދެން ލެބޯޓްރީއާ ސަރުކާރުން އަޅައިދެން ފުޓްސެލް ދަނޑު ހޮޅޮވުމުގެ ރަސްމިއްޔާތު ބާއްވައިފި

ލ. މާމެންދޫގަ 2009 ވަނަ އަހަރުން ފަށައިގެން މެންބަރު އަޅައިދެން ލެބޯޓްރީއާ ސަރުކާރުން އަޅައިދެން ފުޓްސެލް ދަނޑު ހޮޅޮވުމުގެ ރަސްމިއްޔާތު ބާއްވައިފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 44 ސިކުންތު

ލ. މާމެންދޫގައި 2009 ވަނަ އަހަރުން ފެށިގެން ދާއިރާގެ މެންބަރު ޢަބްދުއްރަޙީމް ޢަބްދުﷲ އަޅައިދެމުން އަންނަ ލެބޯޓްރީ އާއި ސަރުކާރުން އަޅައިދޭތާ 3 އަހަރުވީ ފުޓްސެލް ދަނޑު ހުޅުވުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ.



މާމެންދޫ ރައްޔިތަކު ބުނީ 2009 ވަނަ އަހަރު ރައްޔިތުންގެ ވޯޓު ހޯދުމަށްޓަކައި މެންބަރު ޢަބްދުއްރަޙީމް ވެފައިވާ ވައުދުތަކުގެ ތެރޭގައި ރަށުގައި ލެބޯޓްރީއެއް އަޅައިދިނުން ހިމެނޭ ކަމަށެވެ. އަދި 2014 ވަނަ އަހަރު ވެފައިވާ ވައުދުތަކުގެ ތެރޭގައިވެސް ހަމަ އެލެބޯޓްރީ އެޅުން ހިމެނޭ ކަމަށެވެ.



"ދެން މިވީގޮތަކީ އަދި މިއަދާއި ހަމައަށްވެސް އެބުނާ ލެބޯޓްރީ އަޅަން އިންސާނަކު އެއްވެސް މަސައްކަތެއް ކުރާތަނެއް ނުފެނޭ. މަސައްކަތްކުރަނީ ޖިންނި ޝައިޠާނުން ކަމަށްވެދާނެ. އަދި އަހަރެމެންނަށް ނުފެންނަނީ އެހެންވެގެން ކަމަށްވެސް ވެދާނެ. އެހެންވީމާ މިހާރު އެ ލެބޯޓްރީ އަޅައިނިމި ޖިންނި ޝައިޠާނުން އެތަނުގެ ޚިދުމަތް ހޯދަމުން ގެންދާ ކަމަށް ބަލައި އަޅުގަނޑުމެން އެ ލެބޯޓްރީ ހުޅުވަން ޚާއްޞަ ރަސްމިއްޔާތެއް ބާއްވައި މިހުޅުވީ." ރައްޔިތުންގެ ފަރާތުން ވާހަކަދެއްކި މީހަކު ބުނެފައިވެއެވެ.



މީގެ އިތުރުން ސަރުކާރުން އަޅައިދޭތާ 3 އަހަރުވީ ފުޓްސެލް ދަނޑުވެސް ޒުވާނުން ވަނީ ހުޅުވައިފައެވެ.

ފުޓްސެލް ދަނޑު އަޅާނެ ބިން ޔޫތް މިނިސްޓްރީ އާއި ޙަވާލުކުރީ 2015 ވަނަ އަހަރުއެވެ. ފުޓްސެލް ދަނޑުއަޅަން ބޭނުންވާ ތަކެތި ރަށަށް ގެންދިއައީ 2016 ވަނަ އަހަރުއެވެ. ގެންދިއަ ބައެއް ތަކެތި އަދިވެސް ހުރީ ގޮނޑުދޮށުން ޖެޓީ ސަރަހައްދުގައެވެ. ކުލި ދައްކާ ގޮތަށް ގެއަކަށް ވެއްދި ތަކެތި ވެސް ހުރީ އެގޭގައެވެ. އެގެއަށް ކުލިވެސް ދައްކާފައެއް ނުވެއެވެ. ވެއްދި ސިމެންތި ހިލަވެ ސަރަހައްދުގައި "އުދުހޭ" ކަމަށް ވަނީ މައުލޫމާތު ލިބިފައެވެ.



ރައީސަށް މަރުޙަބާ ދެންނެވުމަށް ބެނަރދަމައި ޒީނަތްތެރިކުރަން އެތަކެތި ބޭނުންކުރުން ފިޔަވައި އެއްވެސް ކަމެއް އެތަކެތިން ހިފާކަމަކަށް ނުވެއެވެ. ގޮނޑުދޮށުގައި ހުރެ ހަލާކުވެ ވިއްސެމުންދާ ތަކެތި ޒީނަތްތެރިކޮށް ވަރަށް ރީތި މަންޒަރު ދައުލަތުގެ ވެރިންނަށް ދެއްކުމުން އެއީ ފުޓްސެލް ދަނޑު އެޅުނީކަމަށްވެ މިހާރު ވަނީ ނިމިފައެވެ.



"ރައީސް ޔާމީން ތަކުރާރުކުރައްވައި ވިދާޅުވަމުން ގެންދަވަނޫ ފުޓްސެލް ދަނޑުތައް ނޯޅި ލަހަވަނޫ ކައުންސިލުތަކުން ބިން ނުދީގެނޭ. އެކިޔަން އެއްޗެއް އަހިންނަކަށް ނޭނގެ. ހަމަ ޤައިމުވެސް މިރަށު ކައުންސިލުން ބިން ދިންތާ މިހާރު 3 އަހަރަ ވެއްޖެ." ކަމަށްވެސް ރައްޔިތުންގެ ފަރާތުން ވާހަކަދެއްކި މީހަކު ބުނެފައިވެއެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް